ވަޒީރު އާދަމް ޝަރީފް ބ. އަތޮޅުގައި

original_1717853470114.jpg

މިނިސްޓަރު އާދަމް ޝަރީފު ، ބ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގަތުން. - ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ބ. އަތޮޅަށް ވަޑައިގެންފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން ހާމަކުރެއްވި ގޮތުގައި، ވަޒީރުގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ތުޅާދު، ހިތާދޫ، ފުޅަދޫ، ގޮއިދޫ، ކިހާދޫ، ފެހެންދޫ، އޭދަފުށި، މާޅޮސް, ކުޑަރިކިލު ، ދޮންފަނު، އަދި ދަރަވަންދޫ އަށެވެ.

ވަޒީރުގެ މި ދަތުރުފުޅުގެ ހަވާސާ ތެރެއިން ރޭވަނީ އޭދަފުއްޓަށް ވަޑައިގެން ބ.އަތޮޅު ތައުލީމި މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާވެސް ޝަރަވެރި ކޮށްދެއްވާފަ އެވެ. އަދި މިއަދު ވަނީ ތުޅާދޫ، ހިތާދޫ އަދި ފުޅަދުއަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާފަ އެވެ.

މި ދަތުރުގައި، ވަޒީރު އާދަމް ޝަރީފުގެ އިތުރުން، ބ. އަތޮޅުގެ ކަންތައް ބެލެހައްޓުމާ ހަވާލުވެ ހުންނަ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމާއި ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top