ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި. އެއްވަނަ ނިޝްޔާ އާއި ހަޒްމާ

ކހޖ.jpg

ސެކަންޑްރީ ބައިން އެއްވަނަ ،ނިޝްޔާ އާއި ހަޔަ ސެކަންޑްރީ ބައިން އެއް ވަނަ ހޯދި ހަޒްމާ– ފޮޓޯ: ޔާނިއު

މިދިޔަ އަހަރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، އަހަރީ އިނާމު ދިނުމުގެ ޖަލްސާ، ރޭ އެމަރުކަޒުގައި ބާއްވައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުންނަށް ހޮވާފައިވަނީ ނިޝްޔާ ވަހީދު އާއި މަރިޔަމް ހަޒްމާ އެވެ. މި ދެ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލު ކޮށްދެއްވީ އިނާމު ދިނުމުގެ ހަފްލާގެ ޝަރަފުވެރި މެހެމާން،  ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި ނިޝްޔާ ވަނީ އަށް މާއްދާއިން އޭ ސްޓާ ހޯދައި ގައުމީ ގަދަ ދިހައަކުން އެއްވަނަ ހޯދާފަ އެވެ. މަތީ ސާނަވީ އިން އެއްވަނަ ހޯދި ހަޒްމާވަނީ ތިން މާއްދާއިން އޭ ސްޓާ އާއި ތިން އޭ ހޯދައިގެން ގައުމީ ގަދަ ދިހަކުން ތިންވަނަ ހޯދައިފަ އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އާދަމް ޝަރީފްގެ ވާހަކަފުޅުގައި ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ ބ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދާފައިވާ ގިނަ ކާމިޔާބީ ތައް ފާހަގަކޮށް އެކަމަށް ފަޚުރުވެރިވެ ވަޑައިގަންނަވައި ކަމަށް ވިދާޅުވެ މުދައްރިސުންނާ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 11 ދަރިވަރަކު ވޭތުވެދިޔަ 2022-2023 ވަނަ އަހަރުވަނީ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި އޭލެވެލްގެ ގަދަ ދިހައެއްގައި 8 ދަރިވަރުން ހިމެނިފައި ވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top