ބ. ވެސްޓިން މޯލްޑިވްސް އަށް ދަތުރުކުރި ސީޕްލޭނެއް އެކްސިޑެންޓް ވެއްޖެ

މކނކ.jpg

09 ޖޫން 2024، ޓީއެމްއޭގެ ސީޕްލޭން އެކްސިޑެންޓްވެފައި -----

ބ. އަތޮޅު މިރިޔަންދޫގައި ހިންގާ ވެސްޓިން މޯލްޑިވްސް ރިސޯޓަށް ދަތުރުކުރި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް މިއަދު ހަވީރު އެކްސިޑެންޓު ވެއްޖެއެވެ.

ޓީއެމްއޭ ގެސީޕްލޭން އެއް ފަރާތަށް އަރިއަޅައިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.

އާއްމުވެފައިވާ ވީޑިއޯގައި ބޯޓުގެ ފަހަތް ދިޔަވެފައިވާއިރު، ބޯޓުން މީހުން ކުޑަ ލޯންޗަކަށް ބޭލުމުގެ މަސައްކަތްތައް ކުރަމުންދާ މަންޒަރު ފެނިގެން ދެއެވެ.

މި ބޯޓު އެކްސިޑެންޓްވީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ، ބ. އަތޮޅުގެ ރިސޯޓަކަށް ޖައްސަން އުޅުނު ސީޕްލޭނެއް އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ހާދިސާގައި މީހަކަށް އަނިޔާ ނުވާކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް މިހާތަނަށް ނުދެއެވެ.

މިހާދިސާ އާއި ގުޅިގެން، މިހާދިސާގައި ދިޔަވަމުންދާ ސީޕްލޭން އޮޕަރޭޓް ކުރާ ޓީއެމްއޭއިން ވެސް ވަކި އެއްޗެއް އަދި ހާމަ އެއް ނުކުރެ އެވެ. ނަމަވެސް ޓީއެމްއޭ އާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ މިހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަނިޔާ ނުވާކަމަށާއި އަދި ހުރިހާ ފަސިންޖަރުންވެސް މިހާރު މާލެ ގެނެސްފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top