”އާތު އަވަރ“ މިރޭ ފާހަގަ ކުރަނީ

earth-housr-2023.jpg

މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާއި ގުޅިގެން ދުނިޔެއަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފާހަގަކުރާ “އާތު އަވާ” މިރޭ ފާހަގަ ކުރަން ހަމަޖެހިއްޖެ އެވެ.

ރާއްޖޭގައި “އާތު އަވާ” ފާހަގަ ކުރާނީ މިރޭ 9:30 އިން 10:30 އަށެވެ. މި ހަރަކާތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި އެއް ވަގުތަކު އެއް ގަޑިއިރު ވަންދެން ކަރަންޓު ބޭނުންކުރުން ހުއްޓާލާނެއެވެ.

މާލޭގައި މި އަހަރުގެ “އާތު އަވާ” ފާހަގަކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ބާއްވާ ޚާއްސަ ހަރަކާތް އޮންނާނީ ހުޅުމާލޭގެ ޣާޒީ ސްކޫލްގަ އެވެ.

މި ހަރަކާތުގައި މާލޭގެ 16 ސްކޫލަކުން ޕްރީ ކަބުންނާއި، ކަބް ސްކައުޓުންނާއި، ސްކައުޓުންނާއި، ރޯވަ ސްކައުޓުންނާއި އަދި ލީޑަރުން ބައިވެރިވާނެ އެވެ.

މި އަހަރުގެ އާރތު އަވަރގެ ތީމްއަކީ ” ބްރީތިން ނިއު ލައިފް އިންޓު އަވަރ މޫވްމަންޓް އެންޑް މިޝަން” އެވެ.

ރާއްޖޭގައި އާތުއަވަރ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރުގައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top