މިދިޔަ އަހަރަށްވުރެ މިއަހަރުގެ ދަނޑުވެރިކަން ދަށް– ކިހާދޫ ކައުންސިލް

viber_image_2023-03-26_13-42-49-650.jpg

މިދިޔަ އަހަރަށްވުރެ މިއަހަރު ކިހާދޫގެ ދަނޑުވެރިކަން ދަށްކަމަށާ، ރޯދަމަހު ބާޒާރަށް ނެރެވޭ މޭވާ އާއި ތަރުކާރީ މަދުވާނެކަމަށް އެރަށުން ކައުންސިލުން ބުނެފިއެވެ.

ކައުންސިލުގެ އޮފިޝަލު، އަދުނާނު އިބްރާހީމް ވިދާޅުވީ ގިނަ ދަނޑުތަކެއް ދޫކޮށްފައި އޮތްނަމަވެސް މިއަހަރު ދަނޑުހެއްދި އަދަދު މިދިޔަ އަހަރަށްވުރެ ދަށްކަމަށެވެ. އޭނާ ވިދާޅުވީ ތިރީހަކަށް ދަނޑު ދޫކޮށްފައިވާއިރު ދަނޑުވެރިކަން ރަނގަޅަށް ކުރަނީ ފަނަރަ ވަރަކަށް ދަނޑުގައި ކަމަށެވެ. ސަބަބަކީ ދަނޑުތަކުގައި ބަލިގިނަވުމާއި، ދަނޑުވެރިކަން ކުރާނެ މީހުންވެސް މަދުވުމެވެ.

”ވަރަށް ފަހުންވެސް ކަރާ ދަނޑުތަކުގައި ބަލި އަޅައިގެން ގެއްލުންތަކާ ކުރިމަތިވި. އަނެއްކޮޅުން ދަނޑު ހައްދާނެ މީހުންވެސް މަދީ“ ކައުންސިލު ވަޒީފާގެ އިތުރުން ހުސްވަގުތު ދަނޑުވެރިކަން ކުރައްވާ އަދުނާނު ވިދާޅުވިއެވެ.

ކިހާދޫގެ ދުވަސްވީ ދަނޑުވެރިއެއް ކަމަށްވާ ލުގުމާނު އީސާ ބުނީ ދަނޑުވެރިކަން ދަށްވެގެން އުޅެނީ މާކެޓުގައި އަގުތައްވެސް ދަށްވުމާއި، ދަނޑު ހެއްދުމަށްވެސް ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

”އިންޑިޔާ ކަރާ ބާޒާރުގަ މިހުރީ 30 ރުފިޔާއަށް. އަހަރެމެން ބޭނުމީ 35ރ އަށް ކަރާ ވިއްކަން. ދެން ކިހިނެއް މިކަން ކުރާނީ. ވަރަށް ހަރަދުބޮޑު މަސައްކަތެއް މިއީ. އަނެއްކޮޅުން ބައްޔެއް އަޅައިފިއްޔާ މުޅިން ދުވަސް ދިޔައީ.“

 

ލުގުމާނު ބުނީ ކަރާގެ އިތުރުން ކިއުކަންބާ، ބަށި، ބަރަބޯ، ގިތެޔޮމިރުސް ފަދަ ތަކެތި ބާޒާރަށް ނުކުންނާނީ ރޯދައިގެ މެދުތެރޭގައި ކަމަށާ، ނަމަވެސް މިދިޔަ އަހަރަށްވުރެ ސަޕްލައި ދަށްވާނެކަމަށެވެ.

ކިހާދޫގެ އިތުރުން މިއަތޮޅު ގޮއިދޫގައިވެސް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top