މީޑިއާތަކަށް ފައިސާދިނުމުގެ އުސޫލު ކަނޑައެޅުމަށް ޚިޔާލު ހޯދަނީ

4UIzEpUOUxI6MBv8SkdXPVUw8MVIt1DwcyQ16PoY.jpg

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)

މީޑިއާތަކަށް ދައުލަތުން ފައިސާދިނުމުގައި ގެންގުޅޭނެ އުސޫލާއި ހަމަތައް ބެލުމަށް މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރަން ނިންމަވައިފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު “އެކްސް” ގައި އާންމު ކުރި ވީޑިއޯއެއްގައި މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވީ އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް އެކަމަށް ބާރު ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.

”އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރިން، އެހެންނަމަވެސް ކުރީ ސަރުކާރުން ބަޖެޓުގައި އެ ފައިސާ ހިމަނާފައެއް ނުވޭ. އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން މަސައްކަތް މިދަނީ ކުރަމުން.“ މިނިސްޓަރު ވިދާޅުވިއެވެ.

މީޑިއާތަކަށް ފައިސާ ދިނުމުގައި ގެންގުޅޭނީ ކޮން ހަމަ ތަކެއްތޯ އަދި ކޮން އުސޫލުތަކެއްތޯ ބެލުމަށްޓަކައި އޮންލައިން އާއި ޕްރިންޓް މީޑިއާ ހިމެނޭގޮތަށް ރާއްޖޭގައި އިސް އެޑިޓަރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top