ދިރާގު ހައި ސްޕީޑް ފައިބަރު އިންޓަނެޓްގެ ޚިދުމަތް ކުޑަރިކިލަށް

313525779-786304945994363-1725778944199808899-n-1536x864.jpg

ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް ބ. ކުޑަރިކިލުގައި ދޭން ފެށުން ---ފޮޓޯ:ދިރާގު

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ޚިދުމަތް ބ. ކުޑަރިކިލުގައި ދޭން ފަށައިފިއެވެ.

ކުޑަރިކިލުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާއި އެކު މި ޚިދުމަތްދޭން ފަށާފައިވާއިރު ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމާއި ފައިބާ އަށް ބޭނުންވާ ޚާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް އެ ޚިދުމަތް ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 98 ރަށެއް ހިމެނެއެވެ.

ދިރާގުން ބުނީ އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top