ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރަު 1.8 ބިލިއަން ރުފިޔާ

192618322_338178031037376_44940740036975369_n-768x506.jpg

ކައުންސިލު ތަކަށް މިއަހަރު ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވަނީ 1.6 ބިލިޔަން ރުފިޔާ. އަންނަ އަހަރު އެ އަދަދު ވަނީ 1.8 ބިލިޔަނަށް އިތުރު ކޮށްފައި. ފީގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލުގެ އިހުތިސާސް ހިނގާ ބިންބިމުގެ ކުލި ވެސް ކައުންސިލު ތަކަށް 

އަންނަ އަހަރު ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަސް ލަފާކުރާ ދައުލަތު ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހާ އެއްގޮތަށް ލޯކަލް ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީގެ ގޮތުގައި ލިބޭ އާމްދަނީއާއި ކައުންސިލްގެ އިހުތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރު ހަމަޖެހިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރު ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ދޭން 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، 2021 ވަނަ އަހަރު ކައުންސިލްތަކަށް ދީފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އަދި މި އަހަރު އެ އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top