ރޯޔަލްއައިލެންޑްރިސޯޓް ވިއްކާލަން ނިންމީ ގޮތް ހުސްވެގެން : ގާސިމް

ރޯޔަލް އައިލެންޑްރިސޯޓްގެ އޯނަރ ގާސިމް އިބްރާހީމް

ރޯޔަލް އައިލެންޑްރިސޯޓްގެ އޯނަރ ގާސިމް އިބްރާހީމް

ބ.އަތޮޅުގައި އޮންނަ ހޮރުބަދޫގައި ވިލާއިންހިންގާ 150 ކޮޓަރީގެ ރޯޔަލްއައިލެންޑްރިސޯޓް 100 މިލިއަން ޑޮލަރަށްވިއްކާލަން ނިންމީ ގޮތްހުސްވެގެންކަމަށާއި ގޮތްހުސްވެފައިވާމީހަކަށް އޮންނާނީ މުދާވިއްކައިގެން ދަރަނިން ސަލާމަތްވުންކަމުގައި އެރިސޯޓްގެއޯނަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެންބަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ރޯޔަލް ވިއްކާލުމާބެހޭގޮތުން “އަވަސް”އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ގާސިމް ވިދާޅުވެފައިވަނީ 127 މިލިއަންޑޮލަރު ސަރުކާރަށް ދައްކަންއޮތްކަމަށް ސަރުކާރުން ވިދާޅުވާއިރު އެފައިސާ ހޯދަން މަސައްކަތްކުރަން ޖެހޭނެކަމަށާއި ދަރަނިން ސަލާމަތްވުމަށް ރޯޔަލްނޫނަސް އަގުގައި ވިއްކެންހުރި ތަންތަން ވިއްކާނެކަމުގައެވެ.

“އެރިސޯޓަކީ ވަރަށް ފުރިހަމަ އިންފްރާސްޓްރަކްޗަރއެއް. އެއަގުގައި ނުވަތަ އެއަށްވުރެ ބޮޑުއަގެއްގައިވެސް ވިކިދާނެ. އެއީ ފެންވަރުހުރި ރިސޯޓެއް ” ރިސޯޓްގެ ފެންވަރާބެހޭގޮތުން ގާސިމް ވިދާޅުވިއެވެ.

“މިއީ އަޅުގަނޑަށް މިވަގުތަށް އޮތްގޮތް . އަޅުގަނޑަށް އިންސާފެއްނުލިބޭ. އަޅުގަނޑު ހުށަހެޅި މައްސަލަތައް ،ދައުވާތައް ކޯޓްތަކުގައި ނުވައަހަރަށްދިގުލައި އެހުރީ ” ގާސިމްގެ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top