މާސްކުންފުނިން އުފައްދާފައިވާ ބައެއް ވައްތަރުގެ ޗޮކްލެޓްތައް ރާއްޖޭގައިވެސް ވިއްކުން މަނާކޮށްފި

mars-and-snickers-bars-chocolate-candy-istock.jpg

ޗޮކްލެޓްގެ ދުނިޔޭގައި ނަންހިނގާ އެއްކުންފުނި ކަމުގައިވާ ނެދަރލޭންޑްގެ މާސް ނެދަރލޭންޑް ބީވީގައި އުފައްދާފައިވާ ބައެއް ވައްތަރުގެ ޗޮކްލެޓްތަކުގެ ބައެއް ބެޗުތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާ ކޮށްފިއެވެ.

އެއޮތޯރިޓީން އިއްޔެ އާއްމުކޮށްފައިވާ ބަޔަނެއްގައި ވަނީ ޗޮކްލެޓްގެ އެ ބެޗުތައް ވިއްކުން މަނާ ކޮށްފައިވަނީ ޕްލާސްޓިކް ފްރެގްމެންޓްސްއިން ތަޣައްޔަރުވުމުގެ ފުރުސަތު އޮތުމުން ކަމުގައެވެ. އަދި އެތަކެތި މާކެޓްތަކުން ނަގަމުންދާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެފިޑް އެލާޓް ފޯފުޑް އެންޑް ފީޑްއިން ދީފައިވާކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ.

މި ޗޮކްލެޓްތަކުގެ ތެރެއިން ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވަނީ ޗޮކްލެޓުގެ ވައްތަރެއް ކަމަށްވާ ސެލިބްރޭޝަންސްގެ ހަތެއް އޮގަސްޓު 2016އިން 16 އޮކްޓޮބަރު 2016 އަށް މުއްދަތު ހަމަވާ ބެޗާއި، ސްނިކާސްގެ ތިނެއް ޖުލައި 2016 އިން 21 އޮގަސްޓު 2016 އަށް މުދައްތު ހަމަވާ ބެޗާއި، މީލްކީވޭ ހަތަރެއް ސެޕްޓެމްބަރު 2016 އިން އަށެއް ޖެނުއަރީ 2017 އަށް މުއްދަތު ހަމަވާ ބެޗާއި، މާސް ހަތެއް އޮގަސްޓު 2016 އިން 16 އޮކްޓޯބަރު 2016 އަށް މުއްދަތު ހަމަވާ ބެޗާއި، މިނީ މިކްސް 10 ޖުލައި 2016 އިން 18 ސެޕްޓެމްބަރު 2016 އަށް މުއްދަތު ހަމަވާ ބެޗެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ މި އުފެއްދުންތައް އެތެރެނުކުރުމަށާއި ނުވިއްކުމަށް އަންގާފައެވެ. އަދި މި އުފެއްދުންތައް ވިއްކަން ހުރިނަމަ މާކެޓުން ނެގުމަށްފަހު އެ މައުލޫމާތު އެއޮތޯރިޓީއަށް އެންގުމަށްވެސް އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top