އޭދަފުށީ ފުލުހުންގެ އިދާރާގައިހުރި ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

IMG_1550.jpg

އެކިއެކި މައްސަލަތަކުގައި އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ގެނެވިފައިވާ މަސްތުވާތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގެ މަތީން މިތަކެތި ނައްތާލާފައިވަނީ އިއްޔެ ބ. އޭދަފުށީގައެވެ.

މިގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބ.ދަރަވަންދޫ އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ 438ފުޅި ބަނގުރަލާއި 354 ފުޅި ބިޔަރުދަޅެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top