ސާޖެންޓް މުހައްމަދު ރިފްއަތު ނިޔާވެއްޖެ.

medium_94877.png

މަރްހޫމް ،ސާޖެންޓް މުހައްމަދު ރިފްއަތު. ފޮޓޯ : ވީ ނިއުސް

ބ.ތުޅާދޫއަށް ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސާޖެންޓް މުހައްމަދު ރިފްއަތު ކުއްލި ގޮތަކަށް ރޭ ނިޔާ ވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާނު މުހައްމަދު ވިދާޅުވި ގޮތުގައި އައްޑޫސިޓީ ސަދަންއޭރިއާގައި މިވަގުތު މަސައްކަތްކުރަމުންއަންނަ ރިފްއަތު ނިޔާވެފައިވަނީ ރޭ އިޝާ ނަމާދަށް ހުއްޓާ މެއަށް ތަދެއް އަރައިގެން ފަރުވާ ދިނުމަށް ސ.ފޭދޫ ސިއްހީ މަރުކަޒަށް ގެންދިއުމަށްފަހު އިތުރުފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ކާރުޑްރައިވަރއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ރިފްއަތު ނިޔާވީ ހިރިޔާސްކޫލްގައި ކިޔަަމުން އަންނަ އޭނާގެ ދަރިއެއްގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުން ދަރިފުޅުގާތަށް މިއަދު މާލެއައުމަށް ޓިކެޓްވެސް ނަގާފައި ވަނިކޮށްކަމަށް އީވީއަށް މައުލޫމާތު ލިބިފައިވެއެވެ.

ދަރިފުޅުގެ އަތް ބިންދައިގެން ގޮސްފައިވަނީ ސްކޫލްގެ ނެޓްބޯލް ޕްރެކްޓިސްގެ ތެރޭގައެވެ.

ރިފްއަތު ނިޔާވިއިރު އޭނާގެ އަނތްބަކާއި، އެގާރަ އަހަރުގެ އަންހެން ދަރިއަކާއި ތިންއަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ.

ރިފްއަތުގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން މިހާރުދަނީ ކުރައްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top