ކުޑަރިކިލުން ޕީޕީއެމް އަށް 32 ފޯމް

25446006_1031039370369531_640472594120628623_n.jpg

ކުޑަރިކިލުން ޕީޕީއެމް އާ ގުޅުނު މީހުންގެ ފޯމުތައް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އާ ހަވާލުކުރަނީ

ބ.ކުޑަރިކިލުން ޕީޕީއެމް އަށް 32 މީހުން ސޮއިކޮށްފިއެވެ. ކުޑަރިކިލު ކައުންސިލް މެންބަރު އާސިފް މޫސާ މައުލޫމާތު ދިން ގޮތުގައި ފޯމްތަކާ ހަވާލުވެލައްވާފައިވަނީ އިއްޔެ އެރަށަށް ޒިޔާރަތްކުރި ޕީޕީއެމްގެ ވަފްދަށް މަރްހަބާ ކިއުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސެން މަނިކުއެވެ.

ޕީޕީއެމްގެ ވަފްދުގައި ހިމެނިވަޑައިގަތް ބޭފުޅުންނާއެކު ކުޑަރިކިލުގެ ޕީޕީއެމްގެ މެންބަރުންގެ މެދުގައި ބޭއްވި މި ބައްދަލުވުމުގައި މި ވަގުތު ރަށަށް އެންމެބޮޑަށް ދަތިވެފައިވާ ބަނދަރު މަރާމާތު ކުރުމުގެ ގޮތުންނާ އަދިވެސް އިތުރު ކަންކަމާބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް އާސިފް ވިދާޅުވިއެވެ.

“އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ބަނދަރުގެ މަރާމާތާ ބެހޭ ގޮތުން. ވިދާޅުވި ޕީޕީއެމްގެ މުޅި ޕީޖީގްރޫޕް ބައިވެރިވެގެން އަންނަ އަހަރު ކުޑަރިކިލުގެ ބަނދަރު މަރާމާތު ކުރުމާ ބެހޭ ގޮތުން ބަޖެޓް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް. ” މިދިޔަ ދައުރުގެ ކައުންސިލްރައީސްކަންވެސް ކުރެއްވި އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވި ގޮތުގައި އިއްޔެ ހަވާލު ކުރެވުނު ފޯމް ތަކަކީ ތަން ކޮޅެއް ކުރިން ސޮއި ކޮށްފައިވާ ފޯމްތަކެއް ކަމަށާއި އެފޯމްތައް އިއްޔެ ހަވާލު ކުރިނަމަވެސް އަދިވެސް އިތުރު މީހުން ޕީޕީއެމްއަށް ވަނުމުގެ ޝައުގުވެރިކަންފާޅުކުރަމުން ދާ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top