މަދަނީ ޖަމިއްޔާތަކަށް ދޫކުރާ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

90232134_2299861566783303_8893962682500120576_n.jpg

އޭަދަފުށީ، ކްލަބް ދަބިގިނާސް އިން އެކްލަބްގެ އާ އިމާރާތް ބިންގާ އެޅުމުގެ ރަސްމިއްޔާތުތެރެއިން / ފޮޓޯ: ޓީބީ

މަދަނީ ޖަމްއިއްޔާތަކަށް ސަރުކާރުން ދޭ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ، މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެހީއަށް އެދި ހުށަހެޅޭނީ ގާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުން ގެންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށް އެ މިނިސްޓްރީއިން ހާމަ ކުރެ އެވެ.

މިގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލު ކުރުމަށް އެހީތެރިވެދޭ މަޝްރޫއުތައް ހިންގުމަށް ކަމަށް ވެސް އެ މިނިސްޓްރީއިން ހާމަކުރެ އެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ.

ޕްރޮޕޯސަލް ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ 28 ފެބްރުއަރީ 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ޔޫތު މިނިސްޓްރީގެ އީމެއިލް، [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top