ކުޑަރިކިލު ސިއްހީމަރުކަޒު ބަންދު. ރައްޔިތުން މުޒާހަރާގައި

viber_image_2022-01-17_09-27-08-415-1.jpg

ކުޑަރިކިލުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުން ދާއިރު އެރަށުގައި ޑޮކްޓަރެއް ނެތުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ސިއްހީމަރުކަޒު ބަންދުކޮށް މުޒާހަރާ ކުރަން ފަށައިފިއެވެ.

ކުޑަރިކިލުގައި ޑޮކްޓަރަކު ނެތި މިހާރު ދިހަވަރަކަށް ދުވަސް ވީއެވެ.

މުޒާހަރާގެ ބައިވެރިއަކު މިނޫހަށް މައުލޫމާތު ދެމުން ބުނީ ރަށުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ބާރަށް ފެތުރިގެން އެބަދާ ކަމަށާއި އެހެންނަމަވެސް ރައްޔިތުން މިތިބީ ސިއްހީ ހިދުމަތުން މަހުރޫމް ވެފައި ކަމަށެވެ.

”މުޒާހަރާގެ ބައިވެރިން ސިއްހީ މަރުކަޒު ބަންދުކޮށް އެތެރެއަށް ނުވަދެވޭ ގޮތަށް ދޮރުމަތީގައި ދެޖޯލިފަތި ޖައްސާފައި ހުރީ. އެމީހުން ބުނަނީ ޑޮކްޓަރަކު އައުމުން ނޫނީ މިތަނުން ނުދާނެ ކަމަށް.“ އޭނާ އިތުރަށް ބުންޏެވެ.

ކުޑަރިކިލު ކައުންސިލުގެ ރައީސް ވިދާޅުވީ ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ރޯގާ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖެހިފައިވާ ކަމަށާ މި ހާލަތުގައި ޑޮކްޓަރެއް ނެތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ކުޑަރިކިލުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ދިޔަ އިރު ވެސް ރަށުގައި ހުމާއި ރޯގާ އަދި ބޭރަށް ހިންގުން ފެތުރެން ފަށާފައިވާކަމަށް ހަންނާން ވިދާޅުވިއެވެ. އަދި ރަށުގެ ހާލަތު އެގޮތަށް އޮއްވައި، ރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ އަތޮޅު ހޮސްޕިޓަލުން ރަށަށް ޑޮކްޓަރެއް ހަމަޖައްސައި ނުދީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޯގާގެ އިތުރުން އެރަށުގައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަށް މީހަކު ކަރަންޓީނުގައި އެބަތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top