ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު، މާޅޮހަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މިޒިޔާރަތަކީ މާޅޮހު ރައްޔިތުންގެ ހާލު ބައްލަވާލެއްވުމުގެ އިތުރުން ދާއިރާގެ މެންބަރެއްގެ ގޮތުން ބޭނުންވާ މަޝްވަރާތަކާއި ޚިޔާލު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް މާޅޮހުން ވާހަކަ ދެއްކެވި ބޭފުޅަކު އީވީއަށް މައުލޫމާތު ދެއްވިއެވެ.
ސަލީމު ވިދާޅުވީ މާޅޮހުގެ އިތުރުން ކައިރި މުސްތަގްބަލެއްގައި މި ދާއިރާގެ ހިތާދޫއަށްވެސް ވަޑައިގަންނަވާނޭ ކަމަށާއި މި ދަތުރުގައި ހިތާދޫ ހިމެނުނު ނަމަވެސް ކުއްލި ކަމެއް މެދުވެރިވެގެން ދަތުރު ކުރުކޮށްލައްވަން ޖެހުނީތީވެ ދެރަވާކަމުގައެވެ.
ސަލީމު ވަނީ އިއްޔެ ރައީސް ޔާމީން އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރެއްވި ރަސްމިއްޔާތުގައި ދާއިރާގެ މެންބަރުގެ ގޮތުން ވަރަށް ބޭނުންތެރި މުނާސަބު ވާހަކަތަކެއް ދައްކަވާފައެވެ.