ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވިއްސަށް އަރައިފި.

covid-3-678x381.jpg

ރާއްޖޭގައި ކޮވިޑް ބަލި ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު ވިއްސަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އޭގެ ތެރޭގައި ފަސް ބިދޭސީއަކު ވެސް ހިމެނެ އެވެ.

ރާއްޖޭގައި މިއަދުވެސް ކޮވިޑް ޖެހިގެން އިތުރު މީހަކު ވަނީ މަރުވެފައެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނާ ގޮތުން އުމުރުން 67 އަހަރުގެ އެ މީހާ މަރުވީ އައިޖީއެމްއެޗްގައި މިއަދު މެންދުރު 12:00 ޖަހާ އެހާކަންހާއިރު އެވެ. އެ މީހާ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ އިއްޔެ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 5,157 އެވެ. އޭގެ ތެރެއިން ރަނގަޅުވީ 2835 މީހުނެވެ. ކޮވިޑްޖެހުނު މީހުންގެ ތެރެއިން 145 މީހަކު ތިބީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އަށް މީހަކު އައިސީޔޫގައި އޮތް އިރު އެކަކު ވެންޓިލޭޓަރުގަ އެވެ.

އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 129 މީހަކު އެބަތިއްބެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް ގައި ހަ މީހަކާއެކު ބ. އޭދަފުށީ ކޮވިޑް ސެންޓަރާއި ށ. ފުނަދޫ ސެންޓަރުގައި ވެސް ދެ މީހަކު އެބަތިބިކަމަށް އެޗްއީއޯސީ އިން މައުލޫމާތު ދެއްވައެވެ.

ކޯވިޑް-19އަށް މިހާތަނަށް ރާއްޖޭގައި 5157 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top