ކުރީގެ މާލީ ވަޒީރުން މަޖިލީހަށް ހާޒިރު ކޮށްފައިވަނީ ސަބަބެއްވެސް އަންގާނުލާ .

munawar.jpg

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

ކުރީގެ ބައެއް މާލީ ވަޒީރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްފައިވަނީ ސަބަބެއްވެސް ވެސް އަންގާނުލާކަމަށް އެ ވަޒީރުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނީގެ ކަންކަން ސާފު ކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަމިއްލަ އަށް ހުށަހަޅުއްވައިގެން އުޅުއްވާ މައްސަލައަކާއި ގުޅިގެން މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެއްވުމުން ކުރީ ސަރުކާރުގެ ނައިބް ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މަޖިލީހުން ފޮނުވާފައިވާ ސިޓީގައި ވަނީ މަޝްވަރާއެއްގައި ބައިވެރިވުމަށް ކަމަށެވެ.

އެއީ ކޮން މަޝްވަރާއެއް ކަމެއް، އަދި އެއީ ކޮންކަމަކާއި ގުޅޭ މައުލޫމާތެއް ހޯއްދެވުމަށްކަމެއް މަޖިލީހުން ވިދާޅުވެފައި ނުވާކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މަޖިލީހުގައި ވަނީ ކުރީގެ ދައުރުގައި ހިނގައިދިޔަ މާލީ ގިނަ ކަންތައްތަކާއި ގުޅޭ ސުވާލުތަކެއް ކުރީގެ މިނިސްޓަރުންނާއި ކުރިމަތި ކުރުވާފައެވެ. އެ ސުވާލުތަކަށް އެބޭފުޅުންވަނީ ވަރަށް ސާފުކޮށް ފަރިތަކަމާއިއެކު ޖަވާބު ދެއްވާފައެވެ.

މިމައްސަލައިގައި މަޖިލިސް ރައީސް ވިދާޅުވީ މިނިސްޓަރުންގެ ތެރެއިން ޖިހާދު މަޖިލީހަށް ހާޒިރުކުރަންޖެހޭ ވަކި ސަބަބެއް ނެތްކަމަށެވެ. އަދި އެމަނިކުފާނު ހާޒިރުކުރުމަށް ދެންްނެވީ ދައުލަތުގެ ދަރަނީގެ ކަންކަން ހިނގާގޮތާއިމެދު ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދެއްވުމަށް ކަމަށެވެ.

ކުރީގެ މާލީ ވަޒީރު އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ޗައިނާގެ ލޯނުތަކުގެ ސަބަބުން ދިވެހި ދައުލަތަށް މާބޮޑު ބުރައެއް ނާންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ލޯނުތަކަކީ ވަރަށް ކުޑަ އިންޓްރެސްޓެއްގައި ފަހުން ދައްކާ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމަށެވެ. އެވަރުގެ ލޯނެއް އެހެން ފަރާތަކުން ދޭތޯ ބެލި ކަމަށާއި ނަމަވެސް އެގްޒިމް ބޭންކުން އެ ލޯނު ނެގީ އެހެން ފަރާތުން އެ ލޯނު ދޭން ނެތުމުން ކަމަށް ޖިހާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކިތަންމެ ވަރަކަށް ލޯނު ބޭނުންވި ނަމަވެސް ލޯނު ދޫކުރުމުގައި “ސިންގަލް އެކްސްޕޯޝާ ލިމިޓް” އެއް ގައުމުތަކުން ގެންގުޅޭ ކަމަށެވެ.

ޖިހާދާއި މުނައްވަރު ހާޒިރުކުރައްވައިގެން މަޖިލިހުގެ ބައެއް މެންބަރުންވަނީ އެބޭފުޅުން ދިވެހި ދައުލަތް ޗައިނާގެ ދަރަނި ދަންތުރައެއްގައި ޖައްސުވާފައިވާ ކަމުގައި ތުހުމަތުކުރައްވާފައެވެ. މިމައްސަލާގައި ވާހަކަ ދައްވަމުން ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އެއްވެސް ލޯނެއް ސޮވެރިން ގެރެންޓީއެއް މާލިއްޔަތު ގާނޫނާއި، ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ގޮތަކަށް އަދި އެޓާނީ ޖެނެރަލްގެ ލަފަޔާއި މަޖިލީހުގެ ރުހުމާއެކު ނޫނީ ނަގާފައި ނުވާނެކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top