މަސްތުވާ ތަކެއްޗާއެކު ބ.އަތޮޅުގެ ރިސޯޓަކުން ހަތަރު މީހުން ހައްޔަރުކޮށްފި

Eydhafushi-Ops.jpg

އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި - ފޮޓޯ : ޕޮލިސް މީޑިއާ

މަސްތުވާ ތަކެއްޗާއެކު ބ.އަތޮޅުގެ ރިސޯޓަކުން ހަތަރު މީހުން ހައްޔަރު ކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް  ފުލުހން ހިންގި އޮޕަރޭޝަނެއްގައި މި ހަތަރު މީހުން އަތުލައިގެންފައިވަނީ ބ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން މާރިޗު މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ.

މިހަތަރު މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top