އަމިއްލަފުށީގެ ފުޓްބޯޅަ ކޭމްޕް. އޭދަފުށީ ދަރިވަރުންނަށް ލިބުނު ރަނުގެ ފުރުސަތެއް

1503133458509922315Amilla-Fushi4.jpg

އަމިއްލަފުށި ރިސޯޓް - ފޮޓޯ : އެމްވީ ހޮޓެލްސް ޓްރެވަލް ގައިޑް

ބ.އަތޮޅުގައި ހިންގާ އަމިއްލަފުށި ރިސޯޓުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ހިންގާ ބައިނަލް އަގްވާމީ ފެންވަރުގެ ފުޓްބޯޅަ ކޭމްޕްގައި ބ.އަތޮޅު ތައުލީމީމަރުކަޒުގެ ދަރިވަރުންނަަށް އެއްވެސް އަގަކާ ނުލާ ބައިވެރިވެވޭނެކަމަށް އެރިސޯޓުން ބުނެފިއެވެ.

”މި ކޭމްޕްގައި އޮސްޓްރޭލިއާގެ “ފުޓްބޯލްޓެކް” ގެ ކޯޗުން އައިސް، މި މަހުގެ 31 އިން އޭޕްރިލް 2 އަށް ބާއްވާ ކޭމްޕުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ނުވަ ގަޑިއިރުގެ ޕްރޮފެޝަނަލް ޓްރެއިނިން ދޭނެ  ކޭމްޕުގެ ދައުވަތު އެ ރިޒޯޓާއި، އެ ރިޒޯޓް ކުންފުނީގެ ދަށުން ހިންގާ ފިނޮޅުގެ އިން-ހައުސް ގެސްޓުންގެ ކުދިންގެ އިތުރުން ބ. އަތޮޅުގައި އޮންނަ ފުޓްބޯޅައިގެ މައި ރަށް، ބ. އޭދަފުށީ ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށްވެސް އަރުވާކަމަށް އެރިސޯޓުން ބުނެއެވެ. އޭދަފުށިން ބައިވެރިވާ ކުދިންނަށް ރިސޯޓުގެ ފަރާތުން ޓްރާންސްފާ ހަމަޖައްސައިދޭނެ އެވެ.” އަމިއްލަފުއްޓާ ހަވާލާ ދެއްވައި ”މިހާރު ” ނޫހުގައި ބުނެފައިވެއެވެ.

“އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން އަޅުގަނޑުމެން އޭދަފުށީ ސްކޫލުގެ ކުދިންނަށް ދައުވަތު ދެން،” ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް، ބްރިންޑާ ހޯރާ ވިދާޅުވި އެވެ.

އެއް ރަށަކުން އެންމެ މޮޅު ކުޅުންތެރިން ހަދިޔާކޮށްފައިވާ އޭދަފުށި ކުދިންނަށް މިފަދަ ކުރު އެކަމަކު ފެންވަރު ރަނގަޅު ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެލުމަކީ ކުރިއަށްދާން ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެ އެވެ. މީގެއިތުރުން މިއީ  އޭދަފުށީ ކުދިންނަށް މި ރޮނގުން ލިބުނު ރަނުގެ ފުރުސަތެކެވެ.

މި ހަރަކާތް ތިން ދުވަހަށް ކުރިއަށް ގެންދާއިރު ކޮންމެ ދުވަހެއްގެ ހެނދުނު އޮންނާނީ އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޖޫނިއާ ކޭމްޕެވެ. މެންދުރުފަހު އޮންނާނީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ ސީނިއާ ކޭމްޕެވެ. ބައިވެރިވާ ހުރިހާ ކުދިންނަށް ޓީޝާޓާއި އެހެނިހެން ޓްރެއިނިން ކިޓް ފޯރުކޮށްދެ އެވެ.

“ފުޓްބޯލްޓެކް އިން ފޯކަސްކުރަނީ ޕްރޮފެޝަނަލް އަދި އާ ކަންތައްތައް ދަސްކުރެވޭނެ ފަދަ އުފާވެރި މާހައުލެއްގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ޓެކްނީކްސް ރަނގަޅުކުރުމަށް. މި ޕްރޮގްރާމް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ ކުރީގެ ޕްރޮފެޝަނަލް ދެ ކުޅުންތެރިން ކަމަށްވާ ޖޭސަން އާއި ގްލެން ޓްރިފިރޯ،” އަމިއްލަ ފުށިން ބުނެފައިވެ އެވެ.

އަމިއްލަފުށިން ބުނީ މިއީ ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް އަމިއްލަފުށިން ހޯދައިދޭ އަގުހުރި ފުރަތަމަ ފުރުސަތުކަމާ މިއީ ފެށުމެއްކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top