އެއާ އޭޝިޔާއިން މާލެ- ބެންކޮކް ދަތުރުތައް އަލުން ފަށަނީ

AirAsia-2048x1152.jpg

ކޮވިޑް-19އާއިގުޅިގެން މެދުކަނޑާލާފައިވާ މެލޭޝިއާގެ ބަޖެޓް އެއާލައިން، އެއާ އޭޝިޔާގެ ދަތުރުތައް އަންނަ މަހު އަލުން ފަށަން ނިންމައިފިއެވެ.

ބެންކޮކުގެ ޑޮން މުއެންގް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އެ ދަތުރުތައް ފަށާނީ އަންނަ މަހުގެ 22ގައެވެ. އެ ދަތުރުތައް ފަށާއިރު ހަފުތާއަކު ދެ ފްލައިޓް ބާއްވާނެއެވެ. އެއީ ކޮންމެ އާދީއްތަ އަދި ބުދަ ދުވަހަކުއެވެ.

ދަތުރުތައް ފެށުމާ ދިމާކޮށް އެއާއޭޝިއާ އިން ވަނީ ހާއްސަ އަގެއްގައި ޓިކެޓު ވިއްކަން ފަށައިފަ އެވެ. އެގޮތުން މިމަހުގެ 28ގެ ކުރިން ޓިކެޓް ނަގާ މީހުންނަށް އެއްކޮޅަށް 1،990 ތައި ބާޓު ނުވަތަ 939 ރުފިޔާއަށް ޓިކެޓް ގަނެވޭނެއެވެ.

ތައި އެއާއޭޝިއާގެ ސީއީއޯ ސަންތިސުކް ލޮންޗަޔާ ވިދާޅުވި ގޮތުގައި، ކޮވިޑަށް ފަހު އެ އެއާލައިނުން ބައިނަލްއަގުވާމީ ދަތުރުތައް ފަށާ ފުރަތަމަ މަންޒިލަކަށް ރާއްޖެ ހިޔާރު ކުރީ ކޮވިޑަށްފަހު އެންމެ ވަރުގަދައަށް ތެދުވި އަދި ގިނަ ބައެއްގެ ޝައުގުވެރިކަން އޮތް ގައުމަށްވާތީ ކަމަށެވެ.

“ރާއްޖެ އޮތީ ހުރިހާ ޓޫރިސްޓުންނަށް ހުޅުވާލާފައި. އަދި މެހެމާނުންނަށް މަރުހަބާ ކިޔަން ވިޔަފާރިތައް ވަނީ ތައްޔާރަށް. އޭގެ އިތުރުން ކަރަންޓީނާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ އިރު، ވިސާ ވެސް ނަގާކަށް ނުޖެހޭ،” އޭނާ ވިދާޅުވިއެވެ.

ކޮވިޑަށްފަހު ތައިލެންޑުގެ ބޯޑަރުތައް 64 ގައުމަކަށް މިމަހުގެ އެކަކުން ފެށިގެން ހުޅުވާލާފައިވާ އިރު، ކަރަންޓީނާ ނުލައި މިހާރު ދިވެހިންނަށް ތައިލެންޑަށް ދެވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top