ކޮވިޑް 19: ބ. އަތޮޅުގައި އަދަދުތައް މައްޗަށް

242174_3_ef86d80ec145b5d34bc744601d074a728477d715_medium.jpeg

ބ.އަތޮޅު-- ފޮޓޯ :ދި އެޑިޝަން .

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަތޮޅުތެރޭގައި ދުވަހުން ދުވަހަށް މައްޗަށް ދާއިރު ބ.އަތޮޅުގައިވެސް ކޮވިޑްގެ ބިރުވެރިކަން އަނެއްކާވެސް އިތުރުވާން ފަށައިފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި މިއަދުގެ މިހާތަނަށް ބ.އަތޮޅުގެ ހަ ރަށަކުން ވަނި ކޮވިޑްގެ 50 ޕޮޒިޓިވް ކޭސް ފެނިފައެވެ. އެއީ ގޮއިދޫން 21، ކުޑަރިކިލުން 1، ތުޅާދޫން 10، ހިތާދޫން 13، އޭދަފުށީން 2، އަދި ކަމަދޫން 3 (1 ޓޫރިސްޓް، ލޯކަލް 2) މީހުންނެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރޭތީ މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ހަރުދަނާ ކުރުމަށާއި، އިތުރަށް އަޅާނެ ފިޔަވަޅުތަކާމެދު ޕޮލިސީ ލެވަލްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާނު ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ކޭސްތައް އިތުރުވަނީ މެޝާސްތައް ފޮލޯ ކުރުމުގަ އެޗްޕީއޭގެ ގައިޑްލައިން ތަކަށް އަމަލު ކުރުމުގަ މީހުންގެ ސަމާލުކަން ކުޑަވުމުން ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 159 މީހެކެވެ. އެއީ މާލެ ސަރަހައްދުން 19 މީހަކާއި އަތޮޅުތެރެއިން 124 މީހަކާއި ރިސޯޓުތަކުން 16 މީހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top