ނޫސްތައް ހިންގަން ބަޖެޓުން ފައިސާ ދޭންޖެހޭ ކަމަށް އެމްޕީ ސަލީމް ވިދާޅުވެއްޖެ!

1490034906.jpg

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް - ޕީޕަލް މެގަޒިން

ރާއްޖޭގައި ހިންގާ އޮންލައިން ނޫސްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންޖެހޭ ކަމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުއަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފި އެވެ.

ޕީޕީއެމް/ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އޮންލައިން ނޫސްތަކަށް ދޭނެ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމަނަންޖެހޭ ކަމަށެވެ. އަދި ކޮންމެ ނޫހެއް ވެސް ހިންގޭ ވަރަށް ބަޖެޓުގައި ފައިސާ ހިމަނަންޖެހޭ ކަމަށާއި، ނޫސްތަަކަކީ މިނިވަން ބަޔަކަށް ވާންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ނޫސްތައް ހިންގަންޖެހޭނީ ކުންފުނިތަކުން ނުވަތަ ސަރުކާރުން ސްޕޮންސަ ދީގެން ނޫން ކަމަށެވެ.

“ކޮންމެވެސް ކުންފުންޏަކުން ސްޕޮންސައެއް ދީގެން ސަރުކާރުން ސްޕޮންސަރު ދިނީމާ އެމީހުން ކުރާހައި ވައްކަމެއް ދެން ނޫހުގައި ނުޖަހަންވީ. ޖަހާކަށް ނުކުރޭނެ އެއްނު،” އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެކަން އޮންނަންވީ އެގޮތަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެފައިސާ ހުންނަން ޖެހޭނީ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވަނީ މިހާރު ބަޖެޓްގައި އެހެންކަންކަމަށް ޚަރަދު ކުރަން ހުރި ފައިސާއިން ބައެއް އުނިކުރުމަށް ފަހު ވެސް އާންމުކޮށް ހިންގާ ހުރިހާ ނޫސްތަކަށް ބަޖެޓުގައި ފައިސާ ހިމެނުމަށް ގޮވާލައްވާފައެވެ.

“ތި ސިޔާސީ މަގާމުތަކަށް ވުރެ މާ ރަނގަޅުވާނެ ނޫސްތަކަށް ފައިސާ ދިނިއްޔާ، ކީއްކުރަންތޯ 1000 މީހުން ނަގައިގެން ތިން ހަތަރު ސަތޭކަ ފަސްސަތޭކަ މިލިއަން ރުފިޔާ ޚަރަދުކުރަނީ. 50 މިލިއަން ރުފިޔާ ނޫސްތަކަށް ޖެހީމަ ނިމުނީ އެެއްނު. އެމީހުން (ނޫސްވެރިން) ބައިތިއްބަންވީ މުސާރަ ނުލިބޭގޮތަށް ނިކަމެތި ކަމުގައި މީހުންނަށް އާދޭސް ކޮށްގެން ސްޕޮންސަރ ހޯދައިގެން އެ ދަރަޖައަށް ނޫސްތައް ވައްޓާލުން މި ސަރުކާރުގެ ބޭނުމަކީ އެއީ.” ސަލީމް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top