މިނިވަން މުއައްސަސާތަކަށް ބަޖެޓު ނުދެނީ މިނިވަންކަމާއެކު މަސައްކަތް ކޮށްފާނެތީ: އެމްޕީ ސަލީމް

l_163698043330yWTE.jpg

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާމެދު އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

މިނިވަން މުއައްސަސާތަކަށް އަސްލު ބަޖެޓު ނުދެނީ އެ މީހުން މިނިވަންކަމާއެކު މަސައްކަތްކޮށްފާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ ބަޖެޓާ ގުޅޭގޮތުން އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ އަންނަ އަހަރު 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވީނަމަވެސް އެ އަދަދަށް އާމްދަނީ ނުލިބޭނެ ކަމަށެވެ. ސަލީމް ވިދާޅުވީ އެންމެ ގިނަ ވެގެންވެސް ދައުލަތަށް ލިބޭނީ 20 ނުވަތަ 22 ބިލިއަން ރުފިޔާ ކަމަށެވެ. އެއާއެކު މިހާރު އޮތްގޮތަށް ބަޖެޓް ފާސްކޮށްފިނަމަ ރާއްޖޭގެ ދަރަނީގެ އަދަދު އިތުރު 14 ބިލިއަނަށް އިތުރުވީ ކަމަށް ވިދާޅުވި އެވެ.

ބަޖެޓާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ސަލީމް ވިދާޅުވީ ދަރަނި އިތުރުވުމުން އެކަމުގެ ހުރިހާ ގެއްލުމެއް އޮތީ ރައްޔިތުންނަށް ކަމަށެވެ. ތަކެތީގެ އަގު ބޮޑުވެ ޑޮލަރުގެ ކަޅު ބާޒާރު އުފެދިގެން ބޮޑުވެފައިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އެ ގޮތަށް ކަންކުރަނީ ސަރުކާރުގެ ތެރޭ އޮތް މަކަރުވެރި ވިސްނުންތަކުގެ ސަބަބުން ކަމަށް ތުހުމަތުކުރެއްވުމުގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރުގެ އަމިއްލަ ބޭނުމަށް ހަދާފައިވާ އެކިއެކި ކޮމިޝަންތަކަށް ބޮޑެތި ބަޖެޓުތައް ހޭދަކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ހަމަ ވަޒީފާ މި މީހުންގެ އެކްޓިވިސްޓުންނަށް ދޭންވެގެން ހެދެން އޮތް ހުރިހާ ކޮމިޝަނެއް ހަމަ ފާޑު ފާޑުގެ ނަންނަމުގައި އެ ހަދަމުން އެ ގެންދަނީ. އެހެންވީމާ އެ ބޭފުޅުން ވަޒީފާ ދިނުމުގެ ބޭނުމުގައި އަދިވެސް އިތުރު ކޮމިޝަންތައް ހެދުމަކީ ހަަމަ އެކަށީގެންވާ ކަމެއް،” އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އިދިކޮޅުން ބަޖެޓަށް ވޯޓު ދޭނެކަމަށެވެ. އަދި ބަޖެޓަށް ވޯޓު ނުދީ ރައްޔިތުންގެ ހައްގުތަކަށް އެއްވެސް ހުރަހެއް އެޅުނަ ނުދޭނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ބޮޑެތި ގެެއްލުންތަކަކާއެކު ފާސްވާނެ ބަޖެޓެއްކަމަަށް ޕީޕީއެމް، ޕީއެންސީގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވެއެވެ. އަދި ބަޖެޓަށް ވޯޓު ދިނުމުގައި އެ ކޯލިޝަނުން ވިސްނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top