ސްކޫލްތަކުގައި ހުކުރު ދުވަހު ހަރަކާތްތައް ނުބާއްވަން އަންގައިފި

ބ.އަތޮޅު-ތައުލީމީ-މަރުކަޒު-scaled.jpg

ހުކުރު ދުވަހު ސްކޫލުތަކުގައި ހަރަކާތްތައް ނުބޭއްވުމަށާއި، މުދައްރިސުން މަސައްކަތު ނުނެރުމަށް އަނެއްކާވެސް ސްކޫލުތަކަށް ތައުލިމީ ވުޒާރާއިން އަންގައިފިއެވެ.

އެ ވުޒާރާއިން މިއަދު ސްކޫލުތަކަށް ފޮނުވި މެމޯ އެއްގައިވަނީ، މުދައްރިސުން ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށާއި މި ސިޔާސަތު ތަންފީޒު ކުރުމަށް ހުކުރު ދުވަސްދުވަހު މުދައްރިސުން މަސައްކަތަށް ނުނެރެން ތަކުރާރުކޮށް ސްކޫލުތަކުގެ ވެރިނަށް އިރުޝާދު ދީފައިވިޔަސް ސްކޫލް ތަކުން އެ އިރުޝާދުތަކަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

އެހެން ކަމުން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ޚާއްސަ ހާލަތްތަކުގައި ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، އެވުޒާރާގެ “ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުން” ލިޔުމުން ހުއްދަ ހޯދުމަށްފަހު ނޫނީ މުދަރިއްސުން ހުކުރު ދުވަސް ދުވަހު ނުނެރުމަށް އަންގާކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top