ރަށު ކައުންސިލ މެދުވެރިކޮށް އައިޑީކާޑު ހައްދަން އެދެވޭ ”ނާރެސް“ ޕޯޓަލް އަށް، ކައުންސިލަރުން އަހުލުވެރި މކުރުވުމުގެ ގޮތުން ހިންގި ޓްރެއިނިން ސެޝަންތަކަށް ފަހު، އިނގިލީގެ ނިޝާން ނަގާ ޑިވައިސް ކައުންސިލްތަކާ ހަވާލުކޮށްފި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.
ޑީއެންއާރުގެ ފަރާތުން ހޮނިހިރު ދުވަހު އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ސެޝަން ތަކަށް ފަހު ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ، ދިހަ އިނގިލީގެ ނިޝާން އެއްފަހަރާ ނެގޭ ޑިވައިސް ތަކެކެވެ.
ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުތަކުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ. މާލެއެކޭ އެއްފަދައިން އައިޑީކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ޚިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެއެވެ.