ލަންކާގެ އިޤްތިޞާދީ ސަމިޓުގައި ބައިވެރިވުމަށް ބ. އަތޮޅު ކައުންސިލުގެ ސީނިއާ ކައުންސިލް އެގްޒެކްޓިވް، ލަންކާ އަށް

ކޖހ.jpg

ސިލޯން ޗެމްބާ އޮފް ކޮމާސްގެ އެންމެ މުހިންމު އަހަރީ ފޯރަމް، ”ސްރީލަންކާ އިކޮނޮމިކް އެންޑް އިންވެސްޓްމަންޓް ސަމިޓް 2025“ގައި ބައިވެރިވުމަށް ބ.އަތޮޅު ކައުންސިލުގެ ސީނިއާ އެގްޒެކްޓިވް، ފާތުމަތު ނަސްރާ ސްރީލަންކާ އަށް ވަޑައިގެންފި އެވެ.

ކޮލަމްބޯ ސަންގްރިއްލާ ހޮޓެލުގައި އިއްޔެ ފެށި މި ސަމިޓްގައި 800 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި 100 ބޭރުގެ ވަފުދު ހިމެނެއެވެ.

މި ސަމިޓް ރާވާފައި އޮތީ “ގޭޓްވޭ ޓު ގްރޯތް: އޭޝިއާސް އެމަރޖިންގ އޮޕޮޗުނިޓީ” (ތަރައްޤީއަށް މަގު: އޭޝިއާގެ އަރަމުން އަންނަ ފުރުޞަތު) މި ތީމުގެ ދަށުން ނަމަވެސް، ސައިކްލޯން ދިތްވާގެ ގެއްލުންތަކަށް ފަހު، ސަމިޓްގެ އެޖެންޑާ ވަނީ ބަދަލުކޮށްފަ އެވެ.

މިހާރު ފޯކަސްކޮށްފައި ވަނީ ގައުމީ ކެތްތެރިކަމާއި، ކައިރި މުސްތަގުބަލެއްގައި އަނބުރާ ރުޖޫއަވުމާއި، ދަރަނީގެ ކާރިސާއަށް ފަހު ހަމަޖެހުން އަލުން ގާއިމުކުރުމުގެ މަސައްކަތަށެވެ.

މި ހަރަކާތް ފައްޓަވައިދެއްވަމުން ސިލޯން ޗެމްބާ އޮފް ކޮމާސްގެ ޗެއާޕާސަން ކްރިޝަން ބަލެންދުރާ ވިދާޅުވީ، ކާރިސާގެ ސަބަބުން ގައުމީ ރޫޙާއި ސަމިޓްގެ މަގުސަދަށް ބަދަލު އައިސްފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، ޗެމްބަރ އިން ވަނީ މަރުވި މީހުންނާއި ފެތުރިފައިވާ ބޮޑެތި ގެއްލުންތަކަށް ވިސްނާލުމަށްޓަކައި، އަސްލު ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށާއި، ވިޔަފާރިވެރިންގެ މުޖުތަމަޢު އަންނަނީ ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެހީގެ މަސައްކަތްތަކަށް އެހީތެރިވަމުން ކަމަށެވެ.

އަދި އިޖުތިމާޢީ ހަރަކާތްތަކަށް ކަނޑައަޅާފައިވާ ހުރިހާ ފައިސާއެއް މިހާރު ވަނީ އެހީގެ މަސައްކަތްތަކަށް ބަދަލުކޮށްފަ އެވެ،

ބަލެންދުރާ އިތުރަށް ވިދާޅުވީ، މި ވަގުތީ ކާރިސާއާ އެކުވެސް ލަންކާ އޮތީ އިގްތިސާދީ ގޮތުން އަނބުރާ ރުޖޫޢަވުމުގެ މަގުމަތީގައި ކަމަށާއި، އިންފްލޭޝަން ހަމަޖެހި، އިތުބާރު ރަނގަޅުވެ، ކުރިއެރުން %5 އާހަމައަށް ކައިރިވެފައިވާ ކަމަށެވެ. އައި.އެމް.އެފް. އަދި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުން ވެސް ވަނީ އިސްލާހީ މަގަށް އޮތް އިތުބާރު ހާމަކޮށްފައެވެ.

މި ސްމިޓު މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top