ބ.އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމެއް ކެންްދޫއަށް

IMG-c45e1e91cc84b694ff1df1c723a8b1b0-V.jpg

ބ.އަތޮޅު ހޮސްޕިޓަލުން ކެންދޫ އަށް ޒިޔާރަތް ކުރި މެޑިކަލް ޓީމްް.

ބ.އަތޮޅު ހޮސްޕިޓަލުގެ ފަރާތުން އަތޮޅު ތެރޭގެ ސިއްހީ ހާލަތު ދެނެގަތުމާއި ދަތުރު ފަތުރު ކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތްތަކުގައި ތިބި ބަލި މީހުން ބެލުމާއި އެފަދަ މީހުންނަށް ފަރުވާ ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު ކެންދޫ އަށް ހިނގައްޖެއެވެ.

މި ޓީމްގައި އަންހެނުންގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން އޮޕަރޭޝަން ކުރާ ޑޮކްޓަރވެސް ބައިވެރިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހުމަދު ވަހީދު ވިދާޅުވީ މިއީ ކޮންމެ ހޯމަ ދުވަހަކު އަތޮޅު ތެރެއަށް ގޮސް ބަލި މީހުން ބެލުމަށް ކުރާ ޒިޔާރަތުގެ ތެރެއިން ކުރާ ދަތުރެއް ކަމުގައެވެ.

“ރާވާފައި އޮންނާނީ މިއަދު ކެންދޫ އާއި ކިހާދޫ އަށް ވެސް ދާގޮތަށް. ނަމަވެސް މޫސުން ދައްކާގޮތުން ހިއެއް ނުވޭ މިއަދު ކިހާދޫއަށް ދެވޭނެހެން. އެހެންކަމަށް ވާނަމަ ދެން އަންނަ ހޯމަ ދުވަހު ކިހާދޫއަށް ހަމަ ޓީމް ޒިޔާރަތް ކުރާނެ.” ވަހީދު ވިދާޅުވިއެވެ.

އަތޮޅު ތެރެއަށް ޑޮކްޓަރުންގެ ޓީމް ކުރާ ޒިޔާރަތުގައި އެންމެ ފަހުން ގޮސްފައިވަނީ ގޮއި ފުޅަ ފެހެންދޫ ހިމެނޭ ފަޅުތެރޭގެ ތިން ރަށަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top