ބ.އަތޮޅު ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕް މިއަހަރުވެސް ބާއްވާނެ

21762030_907549432732366_6493113128827722152_n-800x450-800x450-1.jpg

ބ. އަތޮޅު ހޮސްޕިޓަލުގައި ކުރިން ބޭއްވި ހިތާނީ ކޭމްޕެއްގެ ތެރެއިން.- ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް

ބ.އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ކޮންމެ އަހަރަކު ބޮޑު ޗުއްޓީ ތެރޭގައި ބާއްވަމުން އަންނަ ޚިތާނީ ކޭމްޕް މިއަހަރުވެސް ބާއްވާނެ ކަމުގައި ހޮސްޕިޓަލުން ބުނެފިއެވެ.

އަންނަ ނޮވެމަބަރ މަހުގެ 23 އިން ފެށިގެން އެއް ހަފްތާނެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކޭމްޕްގައި ބައިވެރިވާން އެދޭ ކުދިންގެ ނަންނޯޓް ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އިއްޔެއިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަަލަށް މި ފުރުސަރު ވަނީ ހުޅުވާލާފައެވެ.

ހުރިހާ ޚަރަދެއް އާސަންދައިން ކަވަރ ކޮށްދޭ ގޮތަށް އޮންނަ މި ކޭމްޕަށް ހޮސްޕިޓަލް ވަރަށް ބޮޑަށް ޒީނަތްތެރި ކުރާއިރު ވޭތުވެ ދިޔަ އަހަރު ތަކުގައި މިކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ޚިތާނީ ކޭމްޕާ ބެހޭ މައުލޫމާތު ، ބ.އަތޮޅު ހޮސްޕިޓަލުގެ 6608309 އާގުޅުއްވައިގެން ސާފުކުރެއްވުމަށް ހޮސްޕިޓަލުން އެދިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top