ކުޑަކުދިންގެ ދުވަސް އޭދަފުށީގައި ފާހަގަކޮށްފި

image-21bca43c0685976ed389e477c8c8dfae7cc3aab0ce16a00143aff61eb7429206-V.jpg

ކުޑަކުދިންނާ ގުޅޭ ގިނަ އިވެންޓްތަކަކާ އެކު އޭދަފުށީގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން  މިއަދު ފާހަގަކޮށްފިއެވެ.

ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ފުރަތަމަ އޮތީ ދެ ދަންފަޅި އެއްކޮށްލައިގެން ހެނދުނު ބޭއްވި ޚާއްސަ އެސެމްބްލީއެވެ. އޭގެ ފަހުން ދުވަހުގެ މުނާސަބަތުގައި ސްކޫލްކުދިންގެ ތަފާތު ވައްތަރުގެ ކުޅިވަރުތަކާއި ކުދިންގެ ހުނަރުވެރިކަން ދައްކާލުމުގެ ގޮތުން ނެށުމާއި ފެޝަން ޝޯ އާއި މި ނޫންވެސް ކުޑަކުދިންނާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައި ވެއެވެ.

image-7255037b87d5e1afcd6d66c7a3ed8cff48da9817889deb8ae1a17331e0339bd5-V

މިއަދުގެ މުނާސަބަތުގައި ސްކޫލްގެ ފަރާތުން ކުޑަކުދިންގެ ދުވަހުގެ ކޭކު ފެޅުން އޮތެވެ. އަދީ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ކަޕްކޭކު ބެހުންވެސް އޮތެވެ.

މީގެ އިތުރުން ބަހިއްޔާ ޕްރީސްކޫލްގެ ދަރިވަރުންނާއި ފެމިލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރު ގުޅިގެން ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ބާއްވާފައެވެ.

ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ މޭ 10 ވަނަ ދުވަހުއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top