ތުޅާދޫގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ފެންކުންފުންޏާ ހަވާލުކޮށްފިި

big_ivM60mPr6oZL7i6.jpg

ތުޅާދޫގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް ޑަބްލިޔޫ އެސްސީ ) އާއި މިއަދު ހަވާލުކޮށްފިއެވެ. މިއީ ދައުލަތުގެ ބަޖެޓުންނާއި އިންޓަނޭޝަނަލް ފަންޑިންގ އެޖެންސީއެއް ކަމަށްވާ އޯޕެކް ފަންޑްފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯންގެ އެހީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށް އެންވަޔަރން މިނިސްޓްރީން ބުނެއެވެ. ތުޅާދޫއާއެކު މި ޕްރޮޖެކްޓްގައި އިތުރު 4 ރަށް ހިމެނެއެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު  މިޕްރޮޖެކެޓްގައި ސޮއި ކުރުމަށްް އޮތް ރަސްމިއްޔާތުގައި އެންވަޔަރން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިގް އިބްރާހީމެވެ. އެމްޑަބްލިޔޫ އެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތާރިގު ވިދާޅުވީ މި ފަސް ރަށުގެ ނަރުދަމާއާއި ހަތަރު ރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށް އިންޓަނޭޝަނަލް އެޖެންސީއެއްގެ ފަންޑިން ހޯދުމަށް މިނިސްޓްރީ އިން ބުރަ މަސައްކަތެއް ކޮށްފައިވާނެ ކަމަށާއި އާމުގޮތެއްގައި ޓެންޑަރިން މަސައްކަތް ކުރިޔަށްދާ ވަރަށް ވުރެއް ގިނަ ދުވަސްތަކެއް އެ މަސައްކަތަށް ދިޔަ ކަމަށެވެ.

މި ފަސްރަށުގެ މަސައްކަތް ނިންމުމަށް އެމްޑްބަލިޔޫ އެސްސީ އާ ހަވާލުކޮށްފައިވަނީ 540 ގުވަހުގެ ތެރޭގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top