ވެޓަރަންސް ޓީމް ދެވަނަ ޓެސްޓުންވެސް ކާމިޔާބު

er.jpg

މިއަހަރު މެލޭޝިޔާގައި އޮންނަ ބައިނަލް އަގްވާމީ ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ އޭދަފުށީ ވެޓަރަންސް ޓީމް މިއަހަރު ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗްވެސް ކާމިޔާބުކޮށް އަހަރުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބ. ކިހާދޫގައި އެރަށު ވެޓަރެންސް ޓީމާ ދެކޮޅަށް ނުކުމެ އޭދަފުށި މޮޅުވީ 2-0 ލަންޑުންނެވެ.

އޭދަފުށީ ޓީމުން ޖެހި ދެ ގޯލުވެސް ޖެހީ މުޙައްމަދު އިކްރާމް އެވެ.

އޭދަފުށީ ވެޓަރަންސް ޓީމުގެ ފަރާތުން މައުލޫމަތު ދެއްވި އަހްމަދު ނާސިރު ބުނީ ކިހާދޫގެ ދަތުރަކީ “ވަރަށް ކާމިޔާބު ދަތުރެއްކަމަށާ، އެންމެ ހިތްހަމަޖެހޭ ކަމަކީ ޓީމް ހޯދަމުންދާ ކާމިޔާބީ” ކަމަށެވެ.

ނާސިރު ބުނީ ކިހާދޫގެ ރައްޔިތުން އޭދަފުށީ ވެޓަރަންސް ޓީމަށް ކީ މަރުހަބާއާއި، ބެހެއްޓެވި މެހްމާންދާރީއަކީ ހިތުން ނުފިލާނެކަމެއްކަމަށާ، ޝުކުރުވެރިވަނީ “މަލުގެ ގުލްދަސްތާތަކުން” ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން މުބާރާތަށް ތައްޔާރުވަމުން އަންނަ އޭދަފުށީ ވެޓަރަންސް ޓީމު މިހާތަނަށް އެކުވެރިކަމުގެ 6 މެޗް ކުޅެފިއެވެ. އެ ޓީމުގެ މެޗެއް ދެން އޮންނާނީ ވެލެންސިޔާގެ ވެޓަރެންސް ޓީމާ އެކު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top