ޒުވާނުންނަކީ ގައުމުގެ އެންމެ އަގުހުރި ރައުސްމާލު : އެމްޕީ ސަލީމު

DSCN0613.jpg

30ސެޕްޓެމްބަރ16. އޭދަފުށީގެ ޒުވާނުންކޮޅެއް އެމްޕީ ސަލީމު އަށް މަރްހަބާ ދަންނަވަނީ. ފޮޓޯ : އީވީ

ޒުވާނުންނަކީ ގައުމުގެ އެންމެ އަގުހުރި ރައުސްމާލު ކަމަށާއި ގައުމެއްގެ ގޮތުގައި އެ ގައުމު ދެމިއޮތުމަށް ޒުވާނުންގެ ހިއްސާ އަކީ ވަރަށް މުހިއްމު ބައެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއްޖެއެވެ.  ސަލީމު މިހެން ވިދާޅުވީ ރޭ އޭދަފުށީގެ ޒުވާނުންގެ ގްރޫޕަކާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގެ ތެރޭގައެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ އޭނާގެ ދާއިރާއަށް މި ކުރެއްވި ޒިޔާރަތަކީ ޚާއްސަކޮށް ޒުވާނުންނާ ބައްދަލު ކުރެއްވައި އެކުދިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގެ ބޭނުމުގައި ކުރެއްވި ދަތުރެއްކަމުގައެވެ.

ރޭ ސަލީމު ވަނީ އޭދަފުށީގެ ޒުވާނުންގެ ބައެއް ކްލަބްތަކާ ޖަމިއްޔާތަކުގެ އިތުރުން  ގްރޫޕްތަކާ ބައްދަލު ކުރައްވައި އެ ޖަމާއަތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވޭނީ ކޮންކަންތައްތަކެއްތޯއާއި ހަރުދަނާ ޒުވާން ޖީލެއް އުފެއްދުމަށްޓަކައި ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ވަކިވަކިން އޮތް މި ބައްދަލުވުންތަކުގައި އޭދަފުށީގެ ޒުވާނުންވަނީ އެކުދިންނަށް ކުޅިވަރުކުޅުމާއި އެހެން ދާއިރާތަކުގައިވެސް ހުރި ގޮންޖެހުންތަކާއި ދަތިތައް އެމްޕީ ސަލީމުއާއި ހިއްސާ ކުރައްވާފައެވެ. އަދި އެކުދިންގެ އިހްސާސްތަކާއި ކަންބޮޑުވުންތައް އައްސަވައި އޭގެ ތެރެއިން މިހާރު މިހާރަށް ހައްލު ކޮށް ދެވެން ހުރި ކަންތައް ހައްލުކޮށްދެއްވިއެވެ. މީގެ އިތުރުން ޒުވާނުންނާ މެދު ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްދެއްވައި ކޮންމެ ޒުވާނަކީވެސް މުޖްތަމައު ގަބޫލުކުރާ އަބުރުވެރި ކުއްޖަކަށް ވުމަށް އެމްޕީ.ސަލީމް އިލްތިމާސްކުރެއްވިއެވެ.

ބައްދަލުވުމާ ބެހޭ ގޮތުން ޑައުންޓައުންގްރޫޕްގެ އިސް މެންބަރަކު ހާމަކުރިގޮތުގައި އެމްޕީ ސަލީމުއާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބުކަމަށާއި ބިނާކުރަނިވި ވާހަކަތަކަކާއި ކަންތައްތަކެއް ކުރުމަށް މަގު ފަހިވެގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top