ކަމަދޫއިން މީހަކު ކޮވިޑަށް ޕޮޒިޓިވް!

13654213_1753601708228297_1526359290172001338_n.jpg

ބ.ކަމަދޫ

ބ.ކަމަދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިކަން ކަށަވަރުކޮށް ދެއްވަމުން ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކަރަންޓީން މުއްދަތު ނިންމުމަށްފަހު، ދޫކޮށްލަން ވެގެން ހެދި ޓެސްޓުން ކަމަށެވެ.

އެ މީހާއަކީ އެރަށުގައި މިހާރު ހޯމް ކަރަންޓިންގައި ތިބި ނުވަ މީހުންގެ ތެރެއިން މީހެކެވެ.

މާލޭގެ އިތުރުން މިވަގުތު ރާއްޖޭގެ ހަ އަތޮޅެއްގެ ނުވަ ރަށަކުން ކޮވިޑް-19 ޖެހިފައިވާ ބަޔަކު ފެނިފައި ވެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3567 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 2554 މީހެކެވެ. އަދި މިވަގުތު 983 މީހަކަށް ފަރުވާދެމުން ދެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top