ސަމާލު! ކޮވިޑް ފަތުރަން މާލޭގައި މީހަކު މަސައްކަތް ކުރާކަމުގެ އަޑުތަކެއް އެބަ ފެތުރޭ !

b_QHysf1XWGQCnQdFr5dmD5WpUh.jpg

ގަސްދުގައި ކޮވިޑް-19 ފަތުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނައިރު، މިބަލި އެހެން މީހުންނަށް ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރެމުން އެބަދެއެވެ.

މިއަދު މީސްމީޑިއާގައި ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖަކުން ފެންނަނީ ނަންބަރު އައިނަކާއި މާސްކެއް އަޅައިގެން ހުންނަ ގާތްގަނޑަކަށް މެދު އުމުރުގެ ފިރިހެނަކު އިމާރާތުގެ ލިފްޓަށް އަރަން ބަޓަނަށް ފިއްތައިލުމަށްފަހު އަޅައިގެން ހުރި އައިނާއި މާސްކު ނަގައި އަތަށް ލުމަށްފަހު ނޭފަތު އެތެރެއާއި އެއްކޮށް، ރަނގަޅަށް ނޭފަތް ފޮޅައިލާތަނެވެ. އެއަށްފަހު ޖީބަށް އަތްލުމަށްފަހު ނަގައި، މޫނުމަތީގަ އާއި ތުނބުޅީގައި އަތް ހާކައިލާފައި އަނެއްކާ ވެސް ލިފްޓުގެ ބަޓަނަށް ފިއްތައިލާތަން ފެނެ އެވެ. އަދި އަނެއްކާ ވެސް މޫނުމަތީގައި އަތް ހާކައިލުމަށްފަހު، އަޅައިގެން ހުރި މާސްކު ރީތިކޮށްލުމަށްފަހު މޫނުމަތީގައި އަޅައެވެ.

އެމީހާއަކީ ކާކުކަމެއް އަދި އެއީ ކޮވިޑަށް ފައްސި ވެފައިވާ މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދިއެއް ނޭނގެއެވެ. ނަމަވެސް ވީޑިއޯ އާއްމުކުރި ފަރާތުން ލިޔެފައިވަނީ “ބަލީގެ އަލާމަަތްތައް ހުންނަ މާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބަލި އިތުރަށް ފެތުރުމަށްޓަކައި މީހުން އެއްވެ އުޅޭ ތަންތަނަށާއި މީހުން ނިދާފަ ތިބޭ ވަގުތު ތަކުގައި ގޭގޭގެ ދޮރުތަކުގައާއި ފިހާރަތަކުގެ ދޮރުތަކުގެ އަތްގަނޑުގައި ކުޅު ހާކަމުން އެބަގެންދޭ” ކަމަށާއި ޗައިނާ ގޮތަށް ސީސީޓީވީ ފުޓެޖް ވަރަށް އަވަހަށް މީޑިއާތަކަށް ނެރޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އެވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ވީޑިއޯގައި ތުހުމަތު ކުރެވޭ ގޮތަކަށް މީހެއްގެ އަމަލުތަށް ހުރުމުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިވީޑިއޯ އާއި ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރ 9631696 އަށް ގުޅާލާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top