ތުޅާދޫއަށް 800 ކިލޯވޮޓްގެ ޖެނެރޭޓަރެއް ގެންގޮސްފި

big_ROneUWIjYr7SmNeggyCm2m7WJ.jpg

ބ.ތުޅާދުއަށް ޖެނެރޭޓަރެއް ގެންދިއުން --ފޮޓޯ :ޓްވިޓަރ

ތުޅާދުއަށް ދިމާވެފައިވާ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ގޮތުން އެރަށަށް 800ކިލޯ ވޮޓްގެ ޖެނެރޭޓަރެއް ގެންގޮސްފިއެވެ.

ތުޅާދުއަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކައިން މިދިޔަ އަހަރުވެސް ވަނީ އެރަށަށް 600ކިލޯވޮޓުގެ ޖެނެރޭޓަރެއް ގެންގޮސްފައެވެ.

އެހެންނަމަވެސް 3000 މީހުންގެ އާބާދީއެއް އޮތް ތުޅާދުއަށް އިތުރު ޖެނެރޭޓަރެއް ގެންދަން ޖެހުނީ 600 ކިލޯވޮޓުން މުޅި ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުލިބޭތީކަމަށް ތުޅާދޫ ކައުންސިލުން ބުނެެއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ތުޅާދުއަށް މިހާރުވެސް 670 ކިލޯވޮޓުގެ ކަރަންޓު ބޭނުންވާކަމަށެވެ.

ތުޅާދޫގައި މިހާރު ކަރަންޓު ފޯރުކޮށްދެމުން ގެންދަނީ 600 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 250 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަމަށާ އެރަށުގައި އިތުރު 200 ކިލޯވޮޓުގެ 2 ޖެނަރޭޓަރު މިހާރު ހުރިނަމަވެސް އެ ދެ ޖަނަރޭޓަރުވެސް ވަރަށްބޮޑަށް ބާވެފައިވާކަމަށް ރަށު ކައުންސިލުން ބުނެއެވެ.

އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ ޖެނެރޭޓަރާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މިހާރު ކުރެވެމުން ދަނީ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތްކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top