ތޮށިގަނޑު ނުސާފުކޮށް ހުންނަ ބިސް ވިއްކުން މަނާކޮށްފި

1495189845.jpg

ތޮށިގަނޑު ނުސާފުކޮށް ހުންނަ ބިހާއި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފި އެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓުކޮށް ވިއްކާ ކުކުޅު ބިހާއިގުޅޭ ގޮތުން އެމްއެފްޑީއޭ އިން ބުނީ މުއްދަތު އިތުރުކުރުމަށް ހާއްސަ ޓްރީޓްމަންޓްއެއް ނުދީ ފިނިނުކޮށް ކުކުޅު ބިސް ބަހައްޓަންވާނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ޓްރީޓްމަންޓްއެއް ނުދީ ފިނިކޮށް (5°C އަށްވުރެ ދަށުގައި) ބަހައްޓަންވާނީ އުފެއްދި ތާރީހު ފެށިގެން އެންމެ ދިގުވެގެން ތިން މަސްދުވަހުގެ މުއްދަތަށް ކަމަށެވެ.

ބިހުގެ މުއްދަތު ހަމަވާ ތާރީހު ތިން މަހަށް ވުރެ އިތުރުވާނަމަ، މުއްދަތު އިތުރު ކުރުމަށްޓަކައި ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން ނުވަތަ އުފެއްދި ގައުމުގެ ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަންވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ރާއްޖެ އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަންވާނީ އޮތޯރިޓީގެ މިންގަނޑު ތަކާއި އެއްގޮތަށް ލޭބަލް ކުރެވިފައި ކަމަށާއި ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީޚު ގަންނަ ފަރާތަށް އެނގޭނެހެން ކަމަށް އެމްއެފްޑީއޭ އިންބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top