އޭދަފުށިން ރެންޑަމްކޮށް ސާމްޕަލް ނެގުމުގެ އިތުރު ބުރެއް

DSCN9884.jpg

އޭދަފުށި --އީވީ ފޮޓޯ

އޭދަފުށީގައި ކޮވިޑްފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ސެންޑަމްކޮށް ސާމްޕަލް ނެގުމުގެ އިތުރު ބުރެއް މާދަމާ އޮންނާނެ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އޭދަފުށީގައި ކޮވިޑް އޮތް މިންވަރު ދެނެގަތުމަށް ވޭތުވެދިޔަ ހަދުވަހުގެ ތެރޭގައި ވަނީ ދެފަހަރެއްގެ މަތިން ވަކި ތަރުތީބެއްނެތި ސާމްޕަލް ނަގާފަ އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިއަދު އާއްމު ކުރި ޚާއްސަ އެންގުމެއްގައި ބުނެފައިވަނީ ސާމްޕަލް ދެއްވަން ބޭނުންފުޅުވާ ބޭފުޅުން މާދަމާ ހެނދުނު 10:00 އިން މެންދުރު 12:00 އާއި ދެމެދު، ކުރިން ސާމްޕަލް ނުދެއްވާ ފަރާތްތަކުން އެ ހޮސްޕިޓަލަށް ވަޑައިގެން ސާމްޕަލް ދެއްވުމަށް އެ ހޮސްޕިޓަލްއިން އެދޭ ކަމަށެވެ.

ޚާއްސަކޮށް ހުމާއި، ރޯގާގެ އަލާމަތްތައް ހުރި މީހުންނާއި އަދި ޕޮޒިޓިވްވި މީހުންނާ ބައްދަލުވެފައިވާ ފަރާތްތައް ސާމްޕަލް ދެއްވުމަށް ވަޑައިގަތުމަކީ އެ ހޮސްޕިޓަލްގެ އެދުމެކެވެ.

އޭދަފުށިން އިއްޔެ ޕޮޒިޓިވްވީ 10 މީހެކެވެ. މިހާތަނަށް 865 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން ޖުމްލަ 109 ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top