ކޮވިޑް-19 : އޭދަފުށީގެ ދަނޑުތަކާއި ކުޑަކުދިންގެ ޕާކް ބަންދު ! 

DSCN0389.jpg

އޭދަފުށި ޓާފް ދަނޑު--އީވީ ފައިލް ފޮޓޯ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް- 19އިން ރައްކާތެރިވުމުގެ ގޮތުން އޭދަފުށީގެ ޓާފް ދަނޑާއި ފުޓްސަލް ދަނޑުގެ އިތުރުން ކުޑަކުދިންގެ ޕާކް ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.

މިކަމާ ގުޅިގެން އޭދަފުށީ ކައުންސިލުން މިއަދު އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އާއްމު އެއްވުންތައް ނުބޭއްވުމަށާއި މީހުން އެއްވެ ހިންގާ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާތި އޭދަފުށީގެ ކުޑަކުފިންގެ ޕާކާއި ޓާފް ދަނޑާއި ފުޓްސަލް ދަނޑުގެ ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށެވެ.

ހަމަ އެއާއެކު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާއްޑޫއަށް އެކިއެކި ބޭނުމުގައި ދިއުމަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުންވެސް މެދުކަނޑާލާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު އެކައުންސިލުން މިއަދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން ލަފާދެއްވާފައިވާ ގޮތުގެ މަތިން، އެއްވެސް ރަށަކުން ނުވަތަ ރިސޯޓަކުން ނުވަތަ ސަފާރީއަކުން ވިޔަސް އޭދަފުއްޓަށް އެކްސްކާޝަންގެ ގޮތުގައި ކުރާ ދަތުރުތައް ހުއްޓާލުމަށްވެސް އެދިފައެވެ.

މިހާތަނަށް ރާއްޖެއިން މި ވައިރަސްއަށް 10 މީހަކު ވަނީ ޕޮސިޓިވްވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top