ރިސޯޓުތަކަށް އަރާ ފޭބުން މަނާ!

Royal-Island-Resort-Spa-pool-and-restaurant.jpg

ވިލާ އިން ބ.އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓް

ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކަށް މީހުން އަރާ ފޭބުން 14 ދުވަހުގެ މުއްދަތަށް މަނާ ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮރޯނާ ވައިރަހުން ރައްކާތެރި ކުރުމަށް ގާނޫނު ނަމްބަރު 7/2012 (އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު)ގެ 34 ވަނަ މާއްސާގެ (ރ) ގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ރިސޯޓްތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރު ކުރުމާއި، ރާއްޖޭގެ އެހެން ރަށަކުން ރިސޯޓްތަކަށް މީހުން ދަތުރު ކުރުން މިއަދު 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާ ކަމަށެވެ.

ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވްވި މީހަކާއެކު ކޮވިޑް 19 އަށް ޕޮސިޓިވް ވި މީހުންގެ އަދަދު ވަނީ 10 އަކަށް އަރައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top