ކްލަބް ދަ ބިގިނާސް ގޯތީގައި ފަސްބުރީގެ އިިމާރާތެއްގެ ބިންގާ އަޅައިފި

90232134_2299861566783303_8893962682500120576_n.jpg

އޭަދަފުށީ، ކްލަބް ދަބިގިނާސް އިން އެކްލަބްގެ އާ އިމާރާތް ބިންގާ އެޅުމުގެ ރަސްމިއްޔާތުތެރެއިން / ފޮޓޯ: ޓީބީ

އޭދަފުށީގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ދަ ބިގިނާސްއަށް އޭދަފުށިން ދޫކޮށްފައިވާ ގޯތީގައި ފަސްބުރީގެ އިމާރާތެއްގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ހަވީރު އެޖަމްއިއްޔާގެ ގޯތީގައި އޮތް ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލްއާއި، ޖަމްއިއްޔާގެ މުއައްސިސް ރިލުވާން އަދި ރައީސް ފާރިހް އާއި ޝެއިހް މަޖީދެވެ.

މިއީ 2017ވަނަ އަހަރު ޓީބީއަށް ދޫކުރި ގޯތީގައި އެޖަމްއިއްޔާގެ އަމިއްލަ ހަރަދުގައި ހަދާގޮތަށް ބިންގާއެޅި އިމާރާތެކެވެ. ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަލީ ރަޝީދު ވިދާޅުވީ މިއިމާރާތުގައި ފަސް ފްލޯ ހިމެނޭއިރު ޖަމްއިއްޔާއިން މިއަހަރު އަމާޒުކުރަނީ ދެފްލޯ ނިންމައި، މިއަހަރު ނިމުމުގެ ކުރިން ހިދްމަތަށް ހުޅުވާލުން ކަމަށެވެ.

އޭނާ ވިދާޅުވީ އިމާރާތް ނިމޭއިރު ޓީބީގެ އޮފީހާއި ކޮންފަރެންސް ހޯލެއްގެ އިތުރުން ވިޔަފާރި އުސޫލުން ބޭނުންކުރެވޭނެ ތަންތަން ހިމެނިގެންދާނެ ކަމަށެވެ.

އޭދަފުށީގެ އިސްރައްވެހިންކޮޅެއްވެސް ބައިވެރިވި އިއްޔެގެ ރަސްމިއްޔާތުގައި ކްލަބް ދަބިގިނާސްގެ ނާއިބް ރައީސް އަބްދުﷲ އަޝްރަފް ވިދާޅުވީ ޖަމްއިއްޔާގެ ކަންކަން މެދުނުކެނޑި ކުރިޔަށް ގެންދިއުމުގައި ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ފައިސާގެ މައްސަލަ ކަމަށެވެ. އެހެންނަމަވެސް އެގޮންޖެހުމާއެކުވެސް ޓީބީން މިދިޔަ ދިހަވަރަކަށް އަހަރުތެރޭގައި ރަށަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

“ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވާ ހުރިހާ މަސައްކަތެއް ނުކޮށްދެވޭ. ސަބަބަކީ ފައިސާގެ ދަތިކަން. ވަރަށް ގިނަ ބައެއްގެ ދީލަތި އެހީއާއެކު ގިނަ ކަންކަން ކުރެވިފައި ހުރީ. އެގޮތުން އެމްޕީ ސަލީމްގެ ނަން ވަރަށް ބޮޑަށް ފާހަގަކޮށް ޝުކުރުދަންނަވަން. އެމަނިކުފާނު މިޖަމްއިއްޔާ ކުރިއެރުވުމަށް ބޮޑެތި އެހީތައް ދެއްވާފައިވޭ. އަދި ކައުންސިލްވެސް ވަރަށްބޮޑަށް އެހީތެރިވަމުން އާދޭ” އަޝްރަފް ވިދާޅުވިއެވެ.

އޭދަފުށީގެ އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ކްލަބް ދަބިގިނާސްއަކީ 2008 ވަނައަހަރުން ފެށިގެން ނުރަސްމީކޮށް އިޖްތިމާއީ މަސައްކަތް ފަށައި، ފަހުން 2012 ވަނަ އަހަރު ކްލަބެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. ފަހުގެ ތާރީހްގައި އެޖްމައިއްޔާއިން އޭދަފުށީގެ ކުޅިވަރަށާ، މިސްކިތްތައް މަރާމާތުކުރުން ފަދަ ކަންކަމަށް ބޮޑެތި އެހީތަށް ވެފައިވެއެވެ.

ބިގިނާސްއިން އެޖަމްއިއްޔާގެ ގޯތީގައި 5 ބުރީީގެ އިމާރާތެއްގެ ބިންގާއެޅިއިރު، އޭދަފުށީގެ އެންމެ ދުވަސްވީ އެއްޖަމްއިއްޔާކަމުގައިވާ ފޭލި ޖަމްއިއްޔާގެ ގޯތީގައި މިހާރު އަންނަނީ 4 ބުރީގެ އިމާރާތެއް ކުރުމުގެ މަސައްކަތް ހިނގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top