އޭދަފުށީ ވެޓެރަން ފުޓްބޯޅަ ކްލަބް އުފައްދައިފި

DSCN6495.jpg

އޭދަފުށީ ވެޓެރަންސް ޓީމް ފުޓް ބޯޅަ މެޗެއް ކުޅުމަށް ތައްޔާރުވަނީ - އީވީ ފައިލް ފޮޓޯ

އުމުރުން ދުވަސް ވިޔަސް ދުޅަހެޔޮސިއްހަތެއްގައި ތިބުމުގެ މަގްސަދުގައި އޭދަފުށި ވެޓެރަން ފުޓްބޯލް ކްލަބް އުފައްދައި މި ކްލަބް ރަޖިސްޓަރީ ކޮއްފިއެވެ.

މި ޖަމިއްޔާގެ އުފެއްދި މަގްސަދު ތަކުގެ ތެރޭގައި ތަފާތު ފިކުރުތަކުގެ މީހުންގެ މެދުގައި އޮންނަންޖެހޭ އެކުވަރިކަމާއި ގާތްކަމުގެ ގުޅުން ބަދަހިކޮށް އޭދަފުށީގެ އިޖުތިމާއީ ރޫހު އާލާކޮށް، އިޖުތިމާއީ ފައިދާއަށް މަސައްކަތްކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް އެ ކްލަބުން ބުނެއެވެ.

މި ކްލަބް ގެ މަސްއޫލު ވެރިންނަކީ އޭދަފުށި ހުދުވެލި އަބްދުއްރައްޒާގް މުހައްމަދު އާއި ލިލީގެ އަބްދުލް ހަމީދު ޔޫސުފެވެ. މި ދެ މީހުންނަކީވެސް ފުޓްބޯލައިގެ ރޮނގުން 80ގެ އަހަރުތަކުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އާއި އޭދަފުށީ ބސމދ ޖަމިއްޔާއިން ނުކުމެގެން އޭދަފުށީ ގެ އިތުރުން ގަލޮޅު ދަނޑުގައިވެސް  ނަން މަޝްހޫރު ދެ ކުޅުންތެރިންނެވެ.

އޭދަފުށީ ވެޓަރަންސް ޓީމު އެކުލަވާލާފައިވަނީ އަށްޑިހައިގެ ފަހުކޮޅު އެއްވަނަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކުޅުނު މުހިއްމު ކުޅުންތެރިން ހިމަނައިގެންނެވެ.

މިއަހަރު މެލޭޝިޔާގައި އޮންނަ ބައިނަލް އަގްވާމީ ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ އޭދަފުށީ ވެޓަރަންސް ޓީމުން އެކުވެރިކަމުގެ ގިނަ މެޗުތަކެއް މިހާރުވަނީ ކުޅެފައެވެ. އެގޮތުން މާޅޮސް، ދޮންފަނު، ތުޅާދޫ އަދި ހިންނަވަރުގައި ވެސް ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. އަދި މާލޭ ސޮކަމޭޓްސް އާއެކު ވެސް މިއަހަރު އޭދަފުށީގައި ވަނީ މެޗެއް ކުޅެފަ އެވެ. އެ ޓީމުން މިހާރު ވެސް ދަނީ ފަރިތަކުރުންތައް ބާއްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top