ރައީސް ޔާމީންއަށް 2018 ކާމިޔާބު ކުރެވޭނީ މެޑަމް ގެ މަސައްކަތުން : އެމްޕީ ސަލީމް

medium_104884-1.jpg

ރައީސް ޔާމީން އަށް 2018 ކާމިޔާބު ކުރެވޭނީ އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ފާތުންގެ ބުރަ މަސައްކަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަމީލް ވިދާޅުވެއްޖެއެވެ.

ރޭ ކޮޅުމަޑުލު ވޭމަންޑޫގައި މެޑަމް ފާތުންގެ އޮފީހުގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ސަލީމް އިތުރަށް ވިދާޅުވީ އެކަމަނާގެ އޯގާތެރިކަމާ ހިތްހެޔޮކަން އަދި ކެތްތެރިކަން ނެތްނަމަ އެހާ ގނަބަޔަކު ޕީޕީއެމްގައި ނުތިބޭނެކަމަށެެވެ.

މެޑަމް ފާތުން ބައިވެރިވެ ވަޑައިގަތް މި ޖަލްސާގައި އެކަމަނާއަށް ވަރަށް ބޮޑަށް ތައުރފްކުރައްވަމުން ސަލީމް ވިދާޅުވީ މީގެ ކުރިން އެއްވެސް ފަސްޓް ލޭޑީއެއްގެ ފަރާތުން ފެނިފައި ނުވާ ކަންތަކެއް މެޑަމް ފާތުންގެ ފަރާތުން ފެންނަމުންދާ ކަމަށެވެ.

ވަކި ޖިންސަކަށް ނަސްލަކަށް އުމުރަކަށް ބެލުމެއްނެތި އަދި ޚާއްސައެހީއަށް ބޭނުންވާ މީހަކަށްވިޔަސް އެމީހުންނާ މެދު އެކަމަނާ ބަހައްޓަވަމުން ގެންދަވާ އޯގާތެރިކަމަކީ ވަރަށް ބޮޑަށް އަޅުގަނޑުމެން ހަނދާންކޮށްލަން ޖެހޭ ކަމެއް ކަމުގައި ސަލީމް ވިދާޅުވިއެވެ.

“މެޑަމް ފާތުން ފަދަ ބޭކަނބަލެއްގެ ހިތްވަރާއި، ކެތްތެރިކަން އަދި އޯގާތެރިކަން ނެތްނަމަ ޕީޕީއެމްގެ ފަހަތުގައި އެހާ ގިން އަދަދެއްގެ ބަޔަކު ނުތިބޭނެ. މެޑަމް ފާތުން މި މަސައްކަތްފުޅާއެކު، އެ ޕާޓީއަށް ވަންނަ މީހުން އަދިވެސް ވާނީ އިތުރު. ” ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަ ނިންމަވާލެއްވީ އިރާދަކުރެއްވިއްޔާ 2018ގެ އިންތިހާބް ކާމިޔާބު ކުރެވޭނީ ހަމައެކަމަނާގެ ބުރަ މަސައްކަތްޕުޅުން ކަމަށް ވިދާޅުވެ އެކަމަށްޓަކާ އެކަމަނާއަށް ފަށްފަށުން ޝުކުރު އަދާކުރެއްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top