ފޮޓޯއިން ޚަބަރު : ”ކްލަބް އޭދަފުށި” ވޮލީޓީމަށް ޖާޒީއާއި ޓްރެވަލްކިޓް ހަވާލު ކުރުން

DSCN2216.jpg

އޭދަފުށީ ޒުވާން އަންހެން ކުދިންކޮޅެއްގެ މަސައްކަތުން އުފައްދާފައިވާ ކްލަބް އޭދަފުށީ ވޮލީ ޓީމަކީ އަދި ކިރިތާ އުފަންވި ޓީމަކަށް ވާތީ ގިނަ ބަޔަކަށް ނޭނގި ހިނގައިދާނެއެވެ. އެހެން ނަމަވެސް ޒުވާން  އަދި ހުނަރުވެރި ކުޅުންތެރިން ހިމެނޭ މި ޓީމް މިހާރުވަނީ އެކުދިންގެ ފުރަތަމަ ތަޖްރިބާ އަށް މާޅޮސް މާރެސް ޖަމިއްޔާގެ މިއަހަރުގެ ވޮލީ މުބާރާތުގެ އަންހެން ޑިވިޜަން ގައި ވާދަ ކުރުމަށް ނިންމާފައެވެ.

މި ޓީމަށް ތަރުހީބާއި ހިތްވަރު ދިނުމުގެ ގޮތުން އޭދަފުށީ ތްރީއެން ބޭކަރީގެ ފަރާތުން ޖާޒީ ސެޓަކާއި ސަލްސާ ރީޓްރީޓްގެ ފަރާތުން ކުޅުންތެރިންނަށް ޓްރެެވަލް ކިޓެއް ހަދިޔާ ކޮށްފައެވެ. މި ރަސްމިއްޔާތު އޮތީ އިއްޔެ މެންުދުރު ފަހު އޭދަފުށީ މަލްޓިޕާޕަސް ހޯލްގައެވެ. ޖާޒީއާއި ޓްރެވަލް ކިޓް، ކުޅުންތެރިންނާއި ހަވާލު ކޮށްދެެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން އާއި ނައިބު ރައީސް ހައްވާ ސަމީހާ އެވެ.

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top