އެހީގެ ގޮތުގައި، އަތޮޅު ކައުންސިލުން 34800ރ ދޭން ނިންމައިފި

10685358_285277281665926_8834332054601910573_n.jpg

ބ. އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުން. އެހީގެ ގޮތުިގައި އެކިރަށްރަށަށް 34800 ރ ދިނުމަށް ވަނީ ނިންމާފައި / ފޮޓޯ: އަތޮޅު ކައުންސިލް ފޭސްބުކް ޕޭޖް

ބ. އަތޮޅުގެ ރަށްރަށުގެ ބައެއް ކައުންސިލްތަކާއި، ޖަމްއިއްޔާތަކަށް 34800 ރުފިޔާގެ ހިލޭއެހީ ދިނުމަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ބ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމީ އެކައުންސިލްގެ 2 ވަނަ ދައުރުގެ 143 ވަނަ އަދި 147 ވަނަ ޖަލްސާގައި މަޝްވަރާ ކުރުމަށްފަހު މެމްބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން އަތޮޅު ކައުންސިލްގެ މިދައުރުގެ 143 ވަނަ ޖަލްސާގައި ކުޑަރިކިލު ކައުންސިލަށް -/12000ރ ގެ އެހީއެއް ދޭން ނިންމާފައިވަނީ ބ. ކުޑަރިކިލު ބަނދަރުގައި ދަތުރުވެރީންނާއި، ރަށު ރައްޔިތުން މަޑުކޮށްލައިގެން ތިބޭނޭ އިމާރާތެއް ހެދުމަށެވެ.

147 ވަނަ ޖަލްސާގައި ޖުމްލަ -/22800ރ ގެ އެހީދޭން ނިންމާފައިވަނީ އަތޮޅުގެ ފަސްފަރާތަކަށެވެ. އެއީ އޭދަފުށީ ކްލަބް ދަ ބިގިނާސް، ފެހެންދޫ ކައުންސިލް އިދާރާ، މާޅޮހު މާރެސް ޖަމްއިއްޔާ، ކެންދޫ ކައުންސިލް އިދާރާ، އަދި ކުޑަރިކިލު އަންހެނުންގެ ކޮމެޓީއެވެ.

މިޖަލްސާގައި ކްލަބް ދަ ބިގިނާސްއަށް -/6000ރ ގެ އެހީއެއް ދޭން އަތޮޅު ކައުންސިލުން ނިންމީ އެޖަމްއިއްޔާއިން އޭދަފުށީގައި ބާއްވާ ބ. އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖަށެވެ. ފެހެންދޫ ކައުންސިލަށް -/5000ރ ގެ އެހީދޭން ނިންމީ އެރަށުގައި އަޅާ ޕާކެއް ހެދުމަށެވެ. މަޅޮހު މާރެސް ޖަމްއިއްޔާއަށް -/4000ރ ގެ އެހީދޭން ނިންމީ އެޖަމްއިއްޔާއިން ބާއްވާ ވޮލީ މުބާރާތަށް އެހީވުމަށެވެ. އަދި ކުޑަރިކިލު އަންހެނުން ކޮމެޓީއަށް -/2800ރ ގެ އެހީއެއް ދޭން ނިންމީ މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކަށެވެ. މީގެ އިތުރުން ކެންދޫ ކައުންސިލަށް -/5000ރ ގެ އެހީއެއް ދިނުމަށްވެސް އެޖަލްސާގައި ފާސްކުރިއެވެ. އެއީ އެރަށު ހުކުރު މިސްކިތުގައި ކާޕެޓް އެޅުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުންކަމަށް ކައުންސިލް ޔައުމިއްޔާގައި ބަޔާންކޮށްފައިވެއެވެ.

އަތޮޅު ކައުންސިލުން އެކިރަށްރަށުގެ ކައުންސިލަށާއި، ޖަމްއިއްޔާތަކަށް އެހީދޭން ނިންމިއިރު، މިއެހީދެނީ ކައުންސިލްގެ ކޮން ބަޖެޓަކުންކަމެއް އެއިދާރާގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ޔައުމިއްޔާއަކުން ހާމައެއް ނުވެއެވެ. އަދި މިކަން ފާސްކުރުމަށް ވޯޓް ދެއްވި މެމްބަރުންގެ ތަފްސީލެއްވެސް އެނގޭކަށް ނެތެވެ.

އަތޮޅު ކައުންސިލްއިން -/34800ރ އެހީގެ ގޮތުގައި ދޭން ނިންމިއިރު، އޭދަފުށީ ކައުންސިލުންވެސް ދާދިފަހުން ވަނީ އެރަށު 2 ޖަމްއިއްޔާއަކަށް އެހީގެ ގޮތުގައި ޖުމްލަ -/18000ރގެ އެހީ އޭދަފުށީ ރައްޔިތުންގެ މާލިއްޔާއިން ދޭން ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top