މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ )ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ، ބ.ކެންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވި މިއަދު ބޭއްވި މި ބައްދަލުވުމުގައި ޑީއެމްޑީ އަހްމަދު ޖަމްޝީދު އާއި އެކުންފުނީގެ ޓީމްގެ ބައެއް އެހެން މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކެންދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ އަދާހަމަތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެ އެވެ.
ކެންދޫގައި މިވަގުތުު އެމްޓީސީސީން އަންނަނީ ހާބަރު ތަރައްގީކުރުމާ ހަތަރު ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް ކުުރަމުންނެވެ. މި ދެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 119 މިލިޔަން ރުފިޔާ ޚަރަދު ކުރެއެވެ.





