ވިއްސާރައިގާ އައްޑުސިޓީއާ ފުވައްމުލަކަށް ބޮޑެތިގެއްލުންތަކެއް ލިބިއްޖެ

ވިއްސާރައިގާ ގެއްލުން ލިބުނު ފުވައްމުލަކުގެ މަގެއް.  ފޮޓޯ:ސަން އޮންލައިން.

ވިއްސާރައިގާ ގެއްލުން ލިބުނު ފުވައްމުލަކުގެ މަގެއް. ފޮޓޯ:ސަން އޮންލައިން.

މިދުވަސްވަރު ރާއްޖޭގެ ދެކުނުގެއަތޮޅުތަކަށްކުރާ ވިއްސާރައިގާ ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫސިޓީއާއި ފުވައްމުލަކަށް ބޮޑެތިގެއްލުންތަކެއް ލިބިއްޖެއެވެ.

މި ވިއްސާރައިގާ އައްޑޫގެބައެއް ގެތަކުގެ ފުރާޅުގައިޖަހާފައިވާ ޓިނުތައް އުކާލާއި ރަށުގެ އެކިހިސާބުގައި ހައްދާފައިހުރި ބިޔަގަސްތައްވެސް ވަނީ ވެއްޓިފައެވެ. ޓިނުތައް އުކާލި ގޭގެމީހުން މިހާރުވަނީ އެހެންގެތަކަށް ބަދަލުކޮށްފައިކަމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲސޯދިގު ވިދާޅުވިއެވެ.

ވަކިންއޮންނަ ހުޅުމީދޫއަށް ލިބުނުގެއްލުންތަކަށް ބަލާއިރު އެރަށުންވެސް ގިނައަދަދެއްގެ ރުއްގަސް ވެއްޓި ބައެއްގޭގެ ފުރާޅުގައި ޖަހާފައިހުރި ޓިނުތައްވަނީ އުކާލާފައެވެ.

ފުވައްމުލަކަށް ލިބުނު ގެއްލުން ތަކަށްބަލާއިރު އެރަށުގެ ދަނޑުބިންތައް ހަލާކުވެ މަގުތަކުގައި ވަނީކިސަޑުހެދިފައެވެ. އަދި 300 ގެއަކަށްއެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެރަށުގެ ކައުންސިލް މެންބަރު ހުސެން ޝާފީ ވިދާޅުވިއެވެ.

މެޓްއޮފީހުން ބުނާގޮތުގައި މިވިއްސާރައިގާ ރޭފަތިހުއެކަނިވެސް ގަޑިއަކު 60މޭލުގެ ބާރުމިނުގައި ވައިޖެހިފައިވެއެވެ.

ވިއްސާރައިގެ ސަބަބުން ރުއްގަސްވެއްޓުމުގެ ސަބަބުން މަގުތައްބަންދުވުމާ ފުރާޅު އުކާލާފައިވާ ގޭގެމީހުން ރައްކާތެރިތަންތަނަށް ބަދަލު ކުރުމާއި މިނޫނަސް ރައްޔިތުންނަށް މިވަގުތު ބޭނުންވެފައިވާ ކަންކަން ފަހިކޮށްދިނުމަށް ކައުންސިލް މެންބަރުންނާއި އެމްއެންޑީއެފް އާއި ފުލުހުން އަދި ހައުސިންގ މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްއާއި އެރަށްތަކުގައި ހުންނަ ސަރުކާރުގެއޮފީސްތަކުގެ މުވައްޒަފުންދަނީ ހަރަކާތްތެރިވަމުންނެވެ.

ޑިޒާސްޓަރމެނޭޖްމަންޓް ސެންޓަރުންވަނީ ދެކުނުގެ އަތޮޅުތަކަށް ވައިޓްއެލާޓްނެރެ ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވެ ރައްކާތެރިވެތިބުމަށް އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top