ބޮޑު ތަފާތަކުން މިއަދުގެ މެޗް އޭދަފުއްޓަށް

މިއަދުގެ މެޗް. ފޮޓޯ: ސައިނޯސާ ރާއީ

މިއަދުގެ މެޗް. ފޮޓޯ: ސައިނޯސާ ރާއީ

މިނިވަން 50ގެ ފުޓްބޯޅަ މުބާރާތުގައި މިއަދު އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރި މެޗް 10-0 ގެ ބޮޑު ތަފާތަކާއެކު ކާމިޔާބުކުރީ އޭދަފުއްޓެވެ.

އޭދަފުށީގެ ރަސްމީ ދަނޑުގައި ކުޅުނު މިމެޗްގައި އޭދަފުށީ ޓީމްގެ އާދަމް ނިޒާމް ވަނީ 3 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި އިޝާން އާއި ހަނީފް އާއި ދެމީހުންވެސް ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބު ކޮށްދީފައވެއެވެ. އަބްދުލް މަޖީދާއި މުހައްމަދު ފާސިރު އަދި އަލީނަސީމްވެސް ވަނީ މިއަދުގެ 10 ގޯލް ކާމިޔާބުކޮށްދިން ލިސްޓުގައި ހިމެނިފައެވެ.

މި މެޗުން އެދަފުށި މޮޅުވުމުން ޒޯން މުބާރާތުގައި އޭދަފުށި ވާދަކުރަންޖެހޭނީ ރ. އަތޮޅުގެ ޗެމްޕިއަން ޓީމް ދުވާފަރާއި ޅ އަތޮޅުގެ ޗެމްޕިއަން ޓީމް ހިންނަވާރާއެވެ.

ޒޯން މުބާރާތުގެ މެޗްތައް ފަށަން ކަނޑައަޅަފައިވާ ދުވަސް އަދި އެފްއޭއެމްއިން އިއުލާނެއް ނުކުރެއެވެ. އެހެންނމަަވެސް އަންނަ ޑިސެމްބަރއަކީ އަހަރުގެ ފަހު މަސްކަމަސްވެފައި މިނިވަން 50ގެ މުނާސަބާ ފާހަގަ ކުރާ އަހަރު ކުރާ ކަމެއްނަމަ ޑިސެމްބަރ ގައި ކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top