ޓެރަރިޒަމްގެ ހަމަލާތަކަށް ޓެރަރިޒަމުން ރައްދުދެވިގެން ނުވާނެ- އަޒްހަރުގެ އިމާމް

އަލްއަޒްހަރު ޔުނިވަރސިޓީގެ އިސް އިމާމު އައްޝައިޚް އަޙްމަދު އައްތައްޔިބު.

އަލްއަޒްހަރު ޔުނިވަރސިޓީގެ އިސް އިމާމު އައްޝައިޚް އަޙްމަދު އައްތައްޔިބު.

ޓެރަރިޒަމްގެ ހަމަލާތަކަށް ޓެރަރިޒަމުން ރައްދު ދެވިގެން ނުވާނެކަމަށް އަލްއަޒްހަރު ޔުނިވަރސިޓީގެ އިމާމް އައްޝައިޚް އަހްމަދު އައްތައްޔިބު ވިދާޅުވެއްޖެއެވެ.މިސްރުގެ ގާހިރާގައި ދަންނަބޭކަލުންނާއި ބައްދަލުކުރައްވައި މި މައުލޫއަށް ވާހަކަ ދައްކަވަމުން އިމާމް އައްތައްޔިބު ވިދާޅުވީ ޚުދު މުސްލިމުންނަކީވެސް ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ބައެއްކަމާއި ޓެރަރިޒަމަކީ އިސްލާމް ދީނާ އެއްވެސް ގޮތަކުން ގުޅުން ހުރި ކަމެއް ނޫންކަމުގައެވެ. އަދި އެއްވެސް ބަޔަކު ޓެރަރިޒަމާ އިސްލާމްދީނާ ގުޅުވުމަށް މަސައްކަތް ނުކުރުމަށް އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި އިމާމްއައްތައްޔިބު ވަނީ މި ދުވަސްވަރު ހުޅަނގުގެ ގައުމުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ބޮޑެތިޖަރީމާތައް ހުއްޓާލުމަށާއި މުސްލިމުންގެ އެންމެ މުުގައްދަސް ފޮތްކަމުގައިވާ ކީރިތި ޤުރުއާނަށާއި މިސްކިތްތަކަށް ދެމުން ގެންދާ ގެއްލުންތައް ކުށްވެރިކުރައްވައި އެފަދަ ކަންކަން ކުރުން ހުއްޓާލުމަށްގޮވާލައްވާފައެވެ.

ޓެރަރިޒަމްގެ ނުބައި އަމަލުތަކުގައި ބައިވެރި ނުވުމަށާއި ދީނުގެ ނަމުގައި ކުރާ ހައްދުފަހަނައަޅާފައިވާ އަމަލުތަކުން އިސްލާމީ އުއްމަތް ދުރުވެ ރައްކާތެރިވެތިބުމަށް ވެސް އިމާމް އިސްލާމީ އުއްމަތަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން އިމާމް އައްތައިބުވަނީ ޔޫރަޕާއި އެފްރިކާގެ ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތަކުން ގެއްލުން ލިބުނުާ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ހަމްދަރްދީ ފާޅުކުރައްވައި އެއާއިލާތަކަށް ލިބިފައިވާ ގެއްލުމާއިހިތާމައިގާ ބައިވެރިވާކަމަށް ވިދާޅުވެފައެވެ.

ވޭތުވެދިޔަ ހަފްތާގައި ފަރަންސޭސި ވިލާތުގެ ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހުން ހުޅަނގުގެ ގައުމުތަކުން ދަނީ މުސްލިމުނަށް ދުއްތުރާ ކުރުމުގެ ގޮތުން މިސްކިތްތަކުގައި ހުޅުޖެހުމާއި ކީރިތި ގުރުއާން އެންދުމާއި މުސްލިމުންނަށްގޯނާކުރުން ބޮޑުތަން އިތުުރުވެގެން ގޮސްފައެވެ.

ޕެރިހަށް ހަމަލާދީފައިވަނީ ބެލްޖިއަމަށް އުފަން ހައްދުފަހަނައަޅާފައިވަ ވިސްނުން ގެންގުޅޭ ބައެއްކަމަށް ތުހުމަތު ކޮށްފައިވާއިރު އެހަމަލާގެ ޒިންމާ އައިއެސްއިންވަނީ އުފުލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top