އުތުރަށް ވޯޓު ކަރުދާސް ފޮނުވުން ލަސްވެއްޖެ

big_rOadox3bhEeMEViF3iyLZPq6K.jpg

ފޮޓޯ: އަވަސް

އުތުރުގެ އަތޮޅުތަކަށް މިއަދު ފޮނުވަން ނިންމާފައިވާ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ތަކެތި، މޫސުން ގޯސްވުމުގެ ސަބަބުން، ފަތިހު ފޮނުވޭ ގޮތް ނުވި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

“ލޯންޗުތަކަށް ބަރުކުރި ހުރިހާ ސާމާނެއް އަނބުރާ އީސީ އަށް މިހާރުވަނީ ގެނެވިފައި،” އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމި އަތޮޅުތަކަށް ސެކިއުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހަބީބު އިއްޔެ ވިދާޅުވި އެވެ.

މިގޮތުން އުތުރުގެ އަތޮޅުތަކަށް މިއަދު އަދި ދެކުނުގެ އަތޮޅުތަކަށް ބުދަ ދުވަހު ތަކެތި ފޮނުވާނެ ކަމަށާއި އެ މަސައްކަތްކުރާނީ ފުލުހުންގެ އެހީތެރިކަމާއެކު އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ވަރަށް ބޮޑަށް ވާދަވެރި އިންތިހާބަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ. އެއީ މި ފަހަރަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބު ކަމުގައިވާތީ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top